މަސައްކަތް
ނަންބަރު: (IUL)352/352/2015/1009
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 23 ނޮވެންބަރު 2015 11:00
އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުން

ސަރުކާރުގެ ސްޕޯރޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީ ކުރުމުގެ ގޮތުން މިރަށުގައި ތައްރައްޤީ ކުރެވޭ ބަށިކޯޓުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިކަމަށް ކުރިމަތިލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 23 ނޮވެންބަރު 2015ވާ އާދީއްތަ ދުވަހުގެ 11:00 ގައެވެ. މިއިދާރާއިން އިތުރު މަޢުލޫމާތު ސާފުކުރުމަށްފަހު، މަޢުލޫމާތު ރަނގަޅަށް ބަޔާންކުރައްވައި ސިޓީ ހިއްޕަވައިގެން 30 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވުން އެދެމެވެ. ސިޓީ ބަލައިގަތުން އޮންނާނީ، މިދެންނެވި ގަޑީގައި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ ދަނގެތީ ކައުންސިލް އިދާރާގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ކައުންސިލް މެންބަރު އަލްފާޟިލް ޙުސައިން ފަހުދު، މޯބައިލް ނަންބަރު: 7554429 އާއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

26 ޛުލްޙިއްޖާ 1436

10 އޮކްޓޫބަރު 2015