ދިވެހިރާއްޖެ
އިޢުލާން
ކ. ތުލުސްދޫ ކައުންސިލް މަދަޙަ މުބާރާތް 1447
ކ. ތުލުސްދޫ ރައްޔިތުންގެ ހިތްތަކުގައި ދީނީ ރޫޙު އާލާކޮށް، އެއްބައިވަންތަ މާޙައުލެއް ބިނާކޮށް، ރަށުގައިތިބި އެކިއެކި ފަރުދުންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި "ކ. ތުލުސްދޫ ކައުންސިލް މަދަޙަ މުބާރާތް 1447" މިރަމަޟާން މަހު ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ވަކިވަކި ބައިވެރިންގެ މަދަޙަ، އަދި ގުރޫޕް މަދަހަ ހިމެނޭހެން ޖުމްލަ 13 ޢުމުރުފުރާ އަކުން ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 26 ން 28 ( ރަމަޟާން މަހުގެ 9 ން 11 ) އަށެވެ.
މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2026 ޖެނުއަރީ 15 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް، 2025 ޑިސެމްބަރ 22 ވާ ހޯމަ ދުވަހުން ފެށިގެން ކޮންމެ ރަސްމީ ދުވަހެއްގެ 10:00 ން 13:30 އަށް ކ. ތުލުސްދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިމުބާރާތާއި ބެހޭ ޤަވާޢިދު މިޢިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ޖުމާދަލްއާޚިރާ 1447
17 ޑިސެމްބަރ 2025