ދިވެހިރާއްޖެ
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ސްކޫލްގެ ކްލާސްރޫމްތައް އޭސީ ކުރުމަށް ކުރަންޖެހޭމަރާމާތްތަކުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުން:
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ސްކޫލްގެ ކްލާސްރޫމްތައް އޭސީ ކުރުމަށް ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޙުގެ ކުރިން ބީލަން ހުށަހެޅުމަށް ރަސްޖިސްޓްރީކޮށް ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ސުކޫލަށް ދުރުވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ސްކޫލްގެ ކްލާސްރޫމްތައް އޭސީ ކުރުމަށް ކުރަންޖެހޭ މަރާމާތުތައް ކޮށްދިނުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
|
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
މައުލޫމާތު ސާފުކުރުން |
އަންދާސީ ހިސާބު ބަލައިގަތުމާއި ކެނޑުން |
|
|
2025 ޑިސެމްބަރު 17 ން 2025 ޑިސެމްބަރު 21 ގެ 10:00 ގެނިޔަލަށް
|
2025 ޑިސެމްބަރ 21 ވަނަ ދުވަހުގެ 11:00 ގައި ފެންފުށީ ސްކޫލް
|
2025 ޑިސެމްބަރ 24 ވަނަ ދުވަހު 11:00 ށް |
މި މަސައްކަތަށް ހުށަހަޅުއްވާ އަންދާސީހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މި ސުކޫލުގައި އޮންނާނެއެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ގާނޫނު (ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ނަކަލެއް ގެންނެވުން އެދެމެވެ. ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ. ބީލަމާއި ގުޅޭ މަޢުލޫމާތު މި އިޢުލާނާއިއެކު ދިވެހިސަރުކާރުގެ ގެޒެޓްގައި ވާނެއެވެ.
ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް: [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. އަދި ރަސްމީގަޑީގައި މި ސްކޫލްގެ އިދާރާއިން ފޯމް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރުމަކީ ހުށަހަޅާފަރާތުގެ ޒިންމާއެކެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ.