ބީލަން
ނަންބަރު: GS58/IUL/2025/21
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 09:51
ސުންގަޑި: 24 ޑިސެންބަރު 2025 14:00
އައްޑޫ ހައި ސްކޫލް
ދިވެހިރާއްޖެ
ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން މިސްކޫލްގައި ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

1. ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން މިސްކޫލްގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތް  ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުތުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް  މިއަދުން(17 ޑިސެމްބަރ 2025) ފެށިގެން 24 ޑިސެމްބަރ 2025 ގެ ނިޔަލަށް  މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރެއްވުމުން ރަޖިސްޓްރީ ކުރާ ފަރާތުގެ އީމެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތަކަށް، މީބީލަމާއި ގުޅިގެން ބާއްވާ ޕްރީބިޑް މީޓިންގ އަދި ބީލަން ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

3. މިޕްރޮކިއުމެންޓް އާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެމްބަރ 24 ވާ ބުދަ ދުވަހުގެ ކުރިން މިއިޢުލާނުގެ 6  ވަނަ އެޑްރެހުގައި ވާ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.

4. މިބީލަމާއި ގުޅޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 25 ޑިސެމްބަރ 2025 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި އައްޑޫ ހައިސް ސްކޫލް ސެމިނަރރޫމްގައެވެ.

5. ބީލަން ހުށަހެޅުން އޮންނާނީ 28 ޑިސެމްބަރ 2025 ވާ އާދީއްތަދުވަހުގެ 11:00 ގައި އައްޑޫ ހައި ސްކޫލް ސެމިނަރރޫމްގައެވެ. ބީލަން ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

6. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބަޖެޓް ސެކްޝަން

އައްޑޫ ހައި ސްކޫލް

ހިތަދޫ،އައްޑޫ                                                                       

ފޯން:  6885796

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

27 ޖުމާދަލްއާޚިރާ 1447

17 ޑިސެމްބަރ  2025

17 ޑިސެންބަރު 2025