ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2025/119
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 08:17
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ދިރާސީ އަހަރަށް ޕްރީސްކޫލަށް ދަރިވަރުން ވެއްދުމާގުޅޭ

2026 ވަނަ އަހަރު ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވެއްދުމަށް ހަމަޖެހިފައިވާ އުސޫލު ތިރީގައި އެވަނީއެވެ.

ގްރޭޑް

އުމުރުފުރާ

ބޭބީ ނާރސަރީ

2025 ވަނަ އަހަރުގެ ޑިސެމްބަރ 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން

ނާސަރީ

2025 ވަނަ އަހަރުގެ ޑިސެމްބަރ 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން

 

2026 ވަނަ އަހަރުގެ ދިރާސީ އަހަރު ފިނޭ ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފަރާތްތަކުން ޕްރީސުކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

ސްކޫލަށް ދަރިވަރުން ވައްދަން އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށް ދާނީ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އާ ހަމައަށެވެ. ދަރިވަރުން ސްކޫލަށް ވެއްދުމަށް ބޭނުންވާ ފޯމު މި އިދާރާއިން ލިބެންހުންނާނެއެވެ.

އިތުރުމަޢުލޫމާތު ހޯއްދެވުމަށް، [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ 6520027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

 

 

17 ޑިސެންބަރު 2025