ދިވެހިރާއްޖެ
|
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް މާލެ، ދިވެހިރާއްޖެ އިޢުލާން ނަންބަރު: (IUL)VMC-HR/1/2025/48
ވަޒީފާގެ ފުރުޞަތު |
|
|
މަޤާމުގެ ނަން: އިންޑްސްޓްރީ ރިލޭޝަންސް މެނޭޖަރ |
- މުސާރަ (މަހަކު) : -/13,680 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް: -/4,788 ރުފިޔާ މަހަކު - ލިވިންގ އެލަވަންސް: -/4,104 ރުފިޔާ މަހަކު - ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް - ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު) - ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު) - ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު) - އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
|
ޑިޕާރޓްމަންޓް / ސެކްޝަން: ބިޒްނަސް ޑިވެލޮޕްމަންޓް |
ބޭނުންވާ އަދަދު: 1 |
|
1. ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް (މާސްޓަރސް ޑިގްރީ) ހާސިލްކޮށްފައިވުން (ނުވަތަ)، ށ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 ނުވަތަ 7 ގެ ސަނަދެއް (ބެޗްލަރސް ޑިގްރީ) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ)، ނ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން (ނުވަތަ)، ރ. ޖީސީއީ އޯލެވެލް ފުރިހަމަކުރުމާއެކު މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން.
2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ހ. މަޝްހޫރު ޓްރެޑް ޕާޓްނަރުންނާއި އަދި ދުނިޔޭގެ މަޝްހޫރު ޑިސްޓްރިބިއުޝަން ޕާޓްނަރުންނާއި ގުޅުން ބަދަހިކޮށް ދެމެހެއްޓުން. ށ. ރާއްޖޭގެ ވިޒިބިލިޓީ އިތުރުކޮށް ހަރުދަނާކުރުމަށް މިހާރު ހުރި ޕާޓްނަރުންނާއި އޮތް ގުޅުން ހަރުދަނާކޮށް އައު ވިޔަފާރި ފުރުސަތުތައް ދެނެގަތުން ނ. ވިޔަފާރިއާ ގުޅުންހުރި އިންކުއަރީސްތަކަށް ޖަވާބުދިނުމަށް ފޯކަލްއެއްގެ ގޮތުގައި މަސައްކަތް ކުރުން. ރ. ކޯޕްރޭޝަނުގެ މަޤްޞަދުތަކާ އެއްގޮތްވާ ގޮތަށް، ކޯޕަރޭޝަނުގެ އަހަރީ ބިޒްނަސް ޑެވެލޮޕްމަންޓް ސްޓްރެޓެޖީއާއި ސޭލްސް ޕްލޭން ތަންފީޒުކުރުން. ބ. ސޭލްސް ފީޑްބެކް އަދި މާކެޓް ޑިމާންޑަށް ބަލައި، ކޮމާޝަލް ސްޓްރެޓެޖީސް ކަންޑައެޅުމުގައާއި އައު އޮފާސް ތަކެއް އެކަށައެޅުމުގައި ޑިރެކްޓަރ އަށް އެހީތެރިވެދިނުން ޅ. ސޭލްސް ޕައިޕްލައިން ބެލެހެއްޓުމާއި، ފޯކަސްޓިންގ ގެ ޞައްޙަކަން ކަށަވަރުކޮށް ޑިރެކްޓަރަށް ރިޕޯޓްކުރުން. ކ. ވިޔަފާރި ކުރިއެރުމުގެ މިންގަނޑުތަކާއި، ކޭ.ޕީ.އައިތައް ޓާގެޓްތަކާއި އަޅާކިޔާ، މި ކޭ.ޕީ.އައި ތައް މޮނިޓަރ ކޮށް، އެނެލައިޒްކޮށް ރިޕޯޓުކުރުމާއި، އިސްލާހުކުރަން ބޭނުންވާ ހާލަތްތަކުގައި އިސްލާހުކުރުން އ. ކޯޕަރޭޝަނުގެ ރެވެނިއު އިތުރުކުރުމަށް ޕޯޓްފޯލިއޯގެ އެންމެ މަތީ ފަންތީގެ ފަރާތްތަކާއި އޮންނަ ގުޅުންތައް ބަދަހިކޮށް ހަރުދަނާކޮށް ދެމެހެއްޓުން ވ. މި ކޯޕަރޭޝަނުގެ ރެވެނިއު އިތުރުކުރުމަށް އައު ގޮތްތަށް ހޯދުމާއި، އެފަދަ ފުރުސަތުތައް ދެނެގަނެ ޕޮޓެންޝަލް މެމްބަރުންގެ މާކެޓިން ބަޖެޓްތަކާއި ސްޓްރެޓެޖީތައް ދެނެގަތުމަށް ދިރާސާކުރުން. މ. މާކެޓް ޑިމާންޑާއި ޕާޓްނަރ ފީޑްބެކަށް ބަލައި އާ ވިޔަފާރި ހުށަހެޅުންތައް ކޮންސެޕްޝުއަލައިޒްކޮށް، ޑިވެލޮޕްކޮށް، އަގުކުރުމަށް އެހެން ޑިޕާޓްމަންޓްތަކާ (ޑެސްޓިނޭޝަން މާކެޓިންގ، ކްރިއޭޓިވް ލެބް) ގުޅިގެން މަސައްކަތްކުރުން. ފ. ވިޔަފާރީގެ ފުރުސަތުތަކަށް ސްޓްރެޓެޖިކް އިންސައިޓްތަކާއި ރެކޮމެންޑޭޝަންތައް ހިމަނައި ޑިރެކްޓަރ އަދި މެނޭޖްމަންޓަށް ޕާފޯމަންސް ރިޕޯޓް ތައްޔާރުކޮށްދިނުން. ދ. އިންޓަރނަލް މެނޭޖްމަންޓް ބައްދަލުވުންތަކާއި އެކްސްޓަރނަލް ކޯޕަރޭޓް އިވެންޓްތަކާއި، އެކްޓިވޭޝަންތަކާއި، ވިޔަފާރީގެ ހަރަކާތްތަކުގައި ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް ތަމްސީލުކުރުން. ތ. ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރާއި ބިޒްނަސް ޑިވެލޮޕްމަންޓް އެގްޒެކެޓިވް އަށް ޕްރޮޕޯސަލް ތައްޔާރުކުރުމާއި، ކޮމާޝަލް ޕޯޓްފޯލިއޯއާ ގުޅޭ ކްލައިންޓް ކޮމިއުނިކޭޝަންތަކާ ގުޅޭގޮތުން އިރުޝާދު ދިނުން. ލ. ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން. ގ. ކޯޕަރޭޝަނުން ރާވާ ހިންގާ އެންމެހާ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން. |
|
|
3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 24 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
|
|
4. ހުށައަޅަންޖެހޭ ލިޔުންތައް: ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން). ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ. ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ. ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް. |
|
|
5. އިތުރު މަޢުލޫމާތު: ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ. ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ. ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ. ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ. 6. އެޑްރެސް ކުރައްވާނީ: އިބްރާޙީމް ޝިޢުރީ، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް |
|
|
16 ޑިސެންބަރު 2025 |
|