ނީލަން
ނަންބަރު: 171-Y(FBM3)/IUL/2025/32
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 16:46
ސުންގަޑި: 25 ޑިސެންބަރު 2025 11:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ދިވެހި ފުލުހުންގެ ޚިދުމަތުގައި ބޭނުންކޮށް ހަލާކުވެފައިވާ 38 އެއަރ ކޮންޑިޝަނަރ އިންޑޯރ ޔުނިޓް، 28 އެއަރ ކޮންޑިޝަނަރ އައުޓްޑޯރ ޔުނިޓް އަދި 1 ރެފްރިޖަރޭޓަރ ނީލަމުގައި ވިއްކާލުމަށް

ނީލަން ކިއުން.

  1. ދިވެހި ފުލުހުންގެ ޚިދުމަތުގައި ބޭނުންކޮށް ހަލާކުވެފައިވާ 38 އެއަރ ކޮންޑިޝަނަރ އިންޑޯރ ޔުނިޓް، 28 އެއަރ ކޮންޑިޝަނަރ އައުޓްޑޯރ ޔުނިޓް އަދި 1 ރެފްރިޖަރޭޓަރ ނީލަމުގައި ވިއްކާލުމަށް ހުޅުވާލަމެވެ.
  2. ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ޢިއުލާނާއެކު އެއްހީރަސް ކޮށްފައިވާ "ނީލަމުގައި ރަޖިސްޓަރީވާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު މިޚިދުމަތުގެ މެއިލް އެޑްރެސް [email protected] އަދި [email protected] އަށް ފޮނުވުމަށް އެދެމެވެ. މިޚިދުމަތަށް މެއިލް ލިބުމުން މެއިލް ކުރިފަރާތަށް ނީލަމުގައި ރަޖިސްޓްރީވިކަމުގެ މެއިލްކުރެވޭނެއެވެ.
  3. ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ، 2025 ޑިސެންބަރު 25 ވަނަ ދުވަހުގެ 11:00 (ހެނދުނު) އެވެ. ނީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ނީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  4. ނީލަން ކިޔާތަކެތި ދައްކާލުން އޮންނާނީ، 2025 ޑިސެންބަރު 28 ވަނަ ދުވަހު 09:30 (ހެނދުނު) ޕޮލިސް ވެހިކަލް ގަރާޖުގައެވެ.
  5. ނީލަން ކިއުން އޮންނާނީ، 2025 ޑިސެންބަރު 29 ވަނަ ދުވަހުގެ 10:00 (ހެނދުނު) ޕޮލިސް ވެހިކަލް ގަރާޖުގައެވެ. ނީލަން ކިޔާނީ ހާޒިރީންގެ ހާޒިރުގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރަން ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ. ގަޑި ޖެހުމަށްފަހު ހާޒިރުވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.
  6. ނީލަން ކިއުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ގޮތުގެމަތިން ނީލަމުގައި ރަޖިސްޓަރީވުމަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
16 ޑިސެންބަރު 2025