ދިވެހިރާއްޖެ
މި ކުންފުނީގެ ނަންބަރު ((IUL)113-NHO/01/ 2025/165) (14 ޑިސެމްބަރ 2025) އިއުލާނާއި ހަވާލާދީ ދަންނަވަމެވެ.
"ޑިޒައިން އެންޑް ބިލްޑް ކޮންޓްރެކްޓް ފޯރ ދަ ޑިވެލޮޕްމަންޓް ނޯތު ބޮޑުތަކުރުފާނުމަގު - ފޭސް 2 ޕްރޮޖެކްޓް" ގެ މަސައްކަތް، 2025 ޑިސެމްބަރ 8 އިން ފެށިގެން 03 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ ތެރެއިން، މާލޭ ނޯތު ހާބަރު ސަރަހައްދުގެ މަސައްކަތް 2025 ޑިސެމްބަރ 20 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ސެގްމެންޓަކަށް ބަހާލައިގެންނެވެ. މި މަސައްކަތުގެ ފުރަތަމަ ސެގްމަންޓުގެ މަސައްކަތް ކުރުމަށް، ލޯކަލް މާރުކޭޓްގެ ހުޅަނގަށް 100 މީޓަރ ސަރަހައްދުގައި ހިމެނޭ އެންމެހައި ކަނޑު އުޅަނދުތައް 2025 ޑިސެމްބަރ 19 ވަނަ ދުވަހުގެ 00:00 ގެ ނިޔަލަށް ނެގުމަށް ވާނީ އިއުލާންކޮށްފައެވެ. ހަވާލާދެވިފައިވާ އިއުލާންގައިވާ ސުންގަޑި ހަމަވާއިރު އެސަރަހައްދުގައި ނުނަގާ އުޅަނދެއް އޮވެއްޖެނަމަ އިތުރުވަގުތު ނުދީ އެ އުޅަނދެއް އެ ސަރަހައްދުން ނަގާނެކަން އަންގައި އިއުލާން ކުރީމެވެ. އަދި މިގޮތުން ނަގާއިރު އާއި، ނަގައިގެން ގެންގޮސް ބާއްވާތަނުގައި އޮވެގެން ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ މި ކުންފުނިން ނުނަގާނެކަމުގައި ދެންނެވީމެވެ. އަދި މިހާލަތުގައި ނަގާ އުޅަނދުތައް ބާއްވާ ބަނދަރަކަށް ގެންދިއުމާއި، އެބަނދަރުގައި އުޅަނދު އެޅުމަށް ކުރާ އެންމެހައި މަސައްކަތްތަކަށާއި ހަރަދުތަކަށް ޒިންމާވާންޖެހޭނީ އުޅަނދުގެ ވެރިފަރާތުން ކަމުގައިވެސް ދަންނަވަމެވެ.
ވީމާ، ދެންނެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން މި ދެންނެވި ހުރިހާ އުޅަނދެއް ނަންގަވައި ފަޅު ހުސްކޮށްދެއްވުން އެދެމެވެ.
ވީމާ، މިކަމަށް ސަމާލުކަން ދެއްވުމަށް ހުރިހާ ފަރާތްތަކަށް ދަންނަވަމެވެ.