ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2025/46
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 16:34
ސުންގަޑި: 24 ޑިސެންބަރު 2025 14:00
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބިޒްނަސް ޑިވްލޮޕްމަންޓް އެގްޒެކެޓިވް

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

                                       އިޢުލާން ނަންބަރު: ‭(IUL)VMC-HR/1/2025/46 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: ބިޒްނަސް ޑިވްލޮޕްމަންޓް އެގްޒެކެޓިވް

މުސާރަ (މަހަކު) : -/8,284 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/2,899 ރުފިޔާ މަހަކު

ލިވިންގ އެލަވަންސް: -/2,485 ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ބިޒްނަސް ޑިވްލޮޕްމަންޓް

ބޭނުންވާ އަދަދު: 1

1. ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ހާސިލްކޮށްފައިވުން (ނުވަތަ)،

ށ.ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 (އެޑްވާންސް ސެޓްފިކެޓް) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ)،

ނ. ޖީ.ސީ.އީ. އޯލެވެލް ފުރިހަމަކޮށް، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާ އަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު 

ހ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ވިޔަފާރީގެ ޚިދުމަތްތަކާ ގުޅޭ ފަންނީ ޢިލްމާއި ތަޖުރިބާ ބޭނުންކޮށްގެން، މެންބަރުންގެ ވިޔަފާރި މަޤްޞަދުތައް ޙާޞިލުކުރުމަށް އެންމެ އެކަށީގެންވާ މާކެޓިންގ ސޮލިއުޝަންސްތަކާ ބެހޭގޮތުން ލަފާ ދިނުން.

ށ. ހުށަހެޅުންތައް ގަންނަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ރިސޯޓްތަކާއި، ހޮޓަލްތަކާއި، ގެސްޓް ހައުސްތަކާއި، ޓުއާ އޮޕަރޭޓަރުންނާއި، އެއާލައިންތަކާއި، ޓްރެވަލް ޓެކް ކުންފުނިތަކާއި، ލަގްޒަރީ ބްރޭންޑްތައް، އެމީހުންގެ މާކެޓިންގ އަމާޒުތަކާއި ވިޒިޓް މޯލްޑިވްސް ބްރޭންޑާ އެއްގޮތްތޯ ބަލައި ކޮލިފައިކުރުން.

ނ. ޝައުޤުވެރިކުރުވާފަދަ ސޭލްސް ޕްރެޒެންޓޭޝަންތަކާއި ހުށަހެޅުންތައް ތައްޔާރުކޮށް، ނެގޯޝިއޭޓްކޮށް އެއްބަސްވުންތައް ނިންމައި، ސޭލްސް ޓާގެޓްތައް ހާސިލުކުރުން.

ރ. މިހާރު ތިބި ޕާޓްނަރުންގެ ޕޯޓްފޯލިއޯ މެނޭޖްކުރުމާއި، މެމްބަޝިޕް އާކުރުމާއި ސްޕޮންސަރޝިޕްތައް ކަށަވަރުކުރުން އަދި އިތުރު ހިދުމަތްތައް އަޕްސޭލް ކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުން

ބ. ޓާގެޓްތަކާ އެއްވަރަށް ޕާސަނަލް ސޭލްސް ޕާފޯމަންސް މޮނިޓަރކޮށް، ސޭލްސް ސްޓްރެޓެޖީތައް ހަރުދަނާކުރުމަށް އެހީތެރިވުމަށްޓަކައި މުހިންމު ހިޔާލުތައް ހިއްސާކުރުން. 

ޅ. މާކެޓް ޓްރެންޑްތަކާއި، ވާދަވެރިންގެ ހަރަކާތްތަކާއި، މާކެޓްގައި ހުރި އާ ފުރުސަތުތައް ދެނެގަތުމަށް މާކެޓް ރިސާޗް އަދި އެނަލިސިސް ހަދައި މެނޭޖަރާއި ޑިރެކްޓަރަށް މުހިންމު ހިޔާލުތަކާއި ލަފާ ހުށަހެޅުން.

ކ. މެނޭޖްމަންޓް ރިޕޯޓްތަކަށް ޑޭޓާ ތައްޔާރުކޮށް، މާކެޓް ޕްލޭނިންގައި މެނޭޖަރާއި ޑިރެކްޓަރަށް އެހީތެރިވުން.

އ. މަތީ ފެންވަރުގެ ބައްދަލުވުންތަކާއި އިވެންޓްތައް ހިމެނޭ ގޮތަށް ޕާޓްނަރ އެންގޭޖްމަންޓް އިނިޝިއޭޓިވްސް ރާވައި ކޯޑިނޭޓްކޮށް، ގުޅުން ބިނާކުރުމާއި މުހިންމު ގުޅުންތައް ބަދަހިކުރުން.

ވ. މާކެޓް ސްރެޓެޖީ ހަރުދަނާކޮށް ސޭލްސް މަސައްކަތްތަކާއި އެލައިންކުރުމަށް ޑެސްޓިނޭޝަން މާކެޓިންގ، ކްރިއޭޓިވް ލެބް، އަދި އެހެނިހެން ޑިޕާޓްމަންޓްތަކާ ގުޅިގެން މަސައްކަތްކުރުން

މ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ތަމްސީލުކޮށް، މުހިންމު ސިނާއީ ހަރަކާތްތަކާއި، ޓްރޭޑްޝޯތަކާއި، ބައިވެރިންނާ އެކު ބާއްވާ ބައްދަލުވުންތަކުގައި ކޯޕަރޭޝަންގެ ވިޔަފާރީގެ ހުށަހެޅުންތައް އިޝްތިހާރުކުރުން.

ފ. ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅިގެން ހަވާލުކުރެވޭ އެހެން މަސައްކަތްތައް ކުރުން.

ދ. ކޯޕަރޭޝަނުން ރާވާ ހިންގާ އެންމެހާ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން.

3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

24 ޑިސެމްބަރު 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4. ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

5. އިތުރު މަޢުލޫމާތު:

ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ.  އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035525، ނުވަތަ 3035514 ފޯނާއެވެ.

 6. އެޑްރެސް ކުރައްވާނީ:

އިބްރާހީމް ޝިއުރީ، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

 

16 ޑިސެންބަރު 2025