މަސައްކަތް
ނަންބަރު: MNU-CA-PAMD/2025/174
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 16:12
ސުންގަޑި: 24 ޑިސެންބަރު 2025 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މާކެޓިންގ ޑިޕާޓްމަންޓަށް ބޭނުންވާ ޓެންޓް އަދި ދިދަ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ މާރކެޓިންގ ޑިޕާޓްމަންޓަށް ބޭނުންވާ ޓެންޓް އަދި ދިދަ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު:MNU-CA-PAMD/2025/153  އިޢުލާނަށް ބީލަން ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ބީލަންތަކުގައި ހުށަހަޅަންޖެހޭ ބައެއް ލިޔުންތައް ނެތުމާއި އަދި މުއްދަތު އިތުރަށް ލިޔެފައިވުމުގެ ސަބަބުން އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަން ނިންމީމެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.
  2. މި ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމްތައް އިއުލާނާ އެޓޭޗް ކުރެވިފައިވާ ވާނެއެވެ.
  3. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ބީލަމުގެ އަގު 500،000.00ރ (ފަސްލައްކަ ރުފިޔާ) އަށްވުރެ މަތިވާނަމަ، މަޢުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ބީލަމުގެ އަގަށް ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެއެވެ.
  4. ބީލަން ހުށަހެޅުން އޮންނާނީ 24 ޑިސެންބަރ 2025 ވަނަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  5. އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
  6. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 

މަސައްކަތާ ގުޅޭ މަޢުލޫމާތެއްނަމަ:

ބީލަމާ ގުޅޭ އިދާރީ މައުލޫމާތެއް ނަމަ؛

މާރކެޓިންގ ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345147

އީ-މެއިލް: [email protected]

ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 9, 3345110, 3345148334510، 3345111

އީ-މެއިލް: [email protected]

16 ޑިސެންބަރު 2025