މަސައްކަތް
ނަންބަރު: (IUL)298/298/2025/64
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި:
15 ޖަނަވަރީ 2026 10:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލް ލޯގޯ ޑިޒައިންކުރުން
މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް "އަލިފުށީ ކައުންސިލް އިދާރާ"ގެ ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ވިމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2026 ޖަނަވަރީ 15 ވަނަ ދުވަހުގެ 10:00 ގެ ކުރިން މައުލޫމާތު ޝީޓުގައި ހުށަހަޅަން ބުނެފައިވާ (ލޯގޯގެ) ހުރިހާ އައިޓަމެއް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ޓެކްނިކަލް ޓީމުން ހޮވާ އެންމެ ރަނގަޅު ލޯގޯއަކަށް -/10،000ރ (ދިހަހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ލޯގޯ ހުށަހަޅާ ފަރާތަށް ދިނުމަށް ވަނީ ނިންމާފައެވެ.
މިހެންވެ، މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
26 ރަބީޢުލްއާޚިރު 1447
16 ޑިސެންބަރު 2025