ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-ENV/88/2025/621
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:24
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ޙިމާޔަތްކޮށްފައިވާ ދ. ފުށިކަނޑު ސަރަޙައްދުގެ ޒޯނޭޝަންއާއި އިތުރު ތަފްސީލު މުރާޖާޢާކުރުން

ޤާނޫނު ނަންބަރު: 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާގެ ދަށުން 21 އޮކްޓޯބަރު 1999 ގައި މި މިނިސްޓްރީއިން ޙިމާޔަތްކޮށްފައިވާ ދ. ފުށިކަނޑު ސަރަޙައްދުގެ ޒޯނޭޝަންއާއި އިތުރު ތަފްޞީލު ތިރީގައިވާ ގޮތަށް، 16 ޑިސެންބަރު 2025 އިން ފެށިގެން މުރާޖަޢާކޮށްފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. މި ސަރަޙައްދު ބެލެހެއްޓުމުގައި ޢަމަލުކުރާނީ ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ޢާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.

16 ޑިސެންބަރު 2025