ދިވެހިރާއްޖެ
މި އިޢުލާންވަނީ 16 ޑިސެންބަރު 2025 12:52 ގައި ބާތިލް ކުރެވިފައެވެ.
ކޫލް ސްކޫލް ޕްރޮޖެކްޓުގެ ދަށުން ކްލާސްރޫމުތަކާއި، ހޯލް އޭސީ ކުރުމަށް ބޭނުންވާތީ، މި ސްކޫލުންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި، މިމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން، 2025 ޑިސެންބަރ 16 އިން 2025 ޑިސެމްބަރ 18 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00 އަށް މިސްކޫލަށް ގުޅުއްވައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 21 ޑިސެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ ހެނދުނު 13:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
މިބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ2025 ޑިސެމްބަރ 22 ވާ ހޯމަ ދުވަހުގެ 11:00 ގައި ދަރަނބޫދޫ ސްކޫލްގައެވެ.
ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 24 ވާ ބުދަ ދުވަހުގެ 11:00 ގައި ދަރަނބޫދޫ ސްކޫލް ގައެވެ.
މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް މިސްކޫލްގެ ނަންބަރ 7952911 އާ ގުޅުންވުން އެދެމެވެ. އީމެއިލް އެޑްރެސް އަކީ [email protected] އެވެ.