ބީލަން
ނަންބަރު: (IUL)GS-02/GS-02/2025/36
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި: 25 ޑިސެންބަރު 2025 13:00
ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ކޫލް ސްކޫލް ޕްރޮޖެކްޓް ކުރިޔަށް ގެންދިޔުމަށް ކުރަންޖެހޭ މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ކޫލް ސްކޫލް ޕްރޮޖެކްޓް ކުރިޔަށް ގެންދިޔުމަށް ކުރަންޖެހޭ މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

  1. ކޫލް ސްކޫލް ޕްރޮޖެކްޓް ކުރިޔަށް ގެންދިޔުމަށް ކުރަންޖެހޭ މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ  މި ސްކޫލުގެ ހުރި މިފަދަ މަރާމާތުތައް ކޮށްދިނުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު އެކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2025 ޑިސެމްބަރ 16 ން 2025 ޑިސެންބަރު 24 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް"ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު https://forms.gle/4WRa6TJ6Q51iKQ2o8
  5. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެމްބަރ 24 ވަނަ ދުވަހުގެ 14:00 ކުރިން މި އިޢުލާންގެ 5 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 25 ވަނަ ދުވަހުގެ 13:00 ގައި  މި ސްކޫލްގެ ކްލާސް ރޫމެއްގައެވެ.
  7. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  8. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ހދ.އަތޮޅު ތައުލީމީ މަރުކަޒު/ ހދ.ކުޅުދުއްފުށި
  • ފޯން:  6528817
  • އީ-މެއިލް: [email protected]
16 ޑިސެންބަރު 2025