ބީލަން
ނަންބަރު: 930/IUL/2025/032
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި: 24 ޑިސެންބަރު 2025 13:30
މަކުނުދޫ ސްކޫލް، ހދ. މަކުނުދޫ
ދިވެހިރާއްޖެ
2026 ވަނަ އަހަރު މަކުނުދޫ ސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މި ސްކޫލުގެ ނަމްބަރ GS97/IUL/2025/030 އިޢުލާނާއި ގުޅިގެން ޝަރުޠުފުރިހަމަވާ ބީލަމެއް ހުށައަޅާފައި ނުވާތީ އެ އިޢުލާނު ބާޠިލްކޮށް 2026 ވަނަ އަހަރު މަކުނުދޫ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ތިންވަނަ ފަހަރަށް ހުޅުވާލަމެވެ.
  2. މި މަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާން ކޮށްފައިވާނެއެވެ. އަދި ބީލަން ޙަވާލު ކުރުމުގައި އިސްކަން ދޭނެ އުޞޫލު ބީލަން ފޮތުގައި ހިމަނާފައިވާނެއެވެ.
  3. މި މަސައްކަތާއި ގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ. ބީލަމާއި އެކު ހުށައަޅަން ޖެހޭ ލިޔެކިޔުމާއި ޕޮއިންޓް ލިބޭ އުޞޫލު ބީލަން ފޮތުގައި ހިމަނާފައިވާނެއެވެ.
  4. މި މަސައްކަތަށް ރަޖިސްޓްރީ ކުރުމަށް 2025 ޑިސެމްބަރ 16 އިން 2025 ޑިސެމްބަރ 23 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/piAqtn57icHrtX3v6

  1. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެމްބަރ 23 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  2. ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ  2025 ޑިސެމްބަރ 24 ވާ ބުދަ ދުވަހުގެ 13:30 ގައި މަކުނުދޫ ސްކޫލް މީޓިންގ ރޫމުގައެވެ.
  3. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މަކުނުދޫ ސްކޫލް، ހދ. މަކުނުދޫ، ދިވެހިރާއްޖެ، ފޯން: 6520529، އީ-މެއިލް: [email protected]

25 ޖުމާދަލްއާޚިރާ 1447

16 ޑިސެންބަރ 2025

 

މުޙައްމަދު ލުޠުފީ

ޕްރިންސިޕަލް

 

 

16 ޑިސެންބަރު 2025