ބީލަން
ނަންބަރު: GS-199/IUL-2025/07
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:47
ސުންގަޑި: 21 ޑިސެންބަރު 2025 10:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ސްކޫލް
ދިވެހިރާއްޖެ
މިސްކޫލްގެ ކުލާސްރޫމްތަކާއި ހޯލްގެ ސީލިންގެ އަދި ކުލާސްރޫމްތަކުގެ ދޮރުތައް މަރާމާތުކުރުމާއި ބެހޭ

 

އިޢުލާން ނަންބަރު: GS-199/IUL-2025/07

މިސްކޫލްގެ ކުލާސްރޫމްތަކާއި ހޯލްގެ ސީލިންގެ އަދި ކުލާސްރޫމްތަކުގެ ދޮރުތައް މަރާމާތުކުރުމާއި ބެހޭ

  1. މިސުކޫލުގެ ކުލާސްރޫމްތަކާއި ހޯލްގެ ސީލިންގެ އަދި ކުލާސްރޫމްތަކުގެ ދޮރުތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތައް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2025 ޑިސެމްބަރ 16 ން 2025 ޑިސެމްބަރ 21 ގެ 10:00ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/pBLAuZgx2WjC7kGY8

  1. މިބީލަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އަމަލީ ގޮތުން ދައްކާލުން 2025 ޑިސެމްބަރ 21 ވަނަ ދުވަހުގެ 11:00 ގައިދާންދޫ ސްކޫލުގެ އިދާރާގައި އޮންނާނެއެވެ. 
  2. މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެމްބަރ 22 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  3. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 25 ވަނަ ދުވަހުގެ 10:00 ގައިދާންދޫ ސްކޫލުގައެވެ.
  4. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  5. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ދާންދޫ ސްކޫލް

ގއ.ދާންދޫ،

 ދިވެހިރާއްޖެ.                                                            

ފޯން: 7983075

އީ-މެއިލް: [email protected]

16 ޑިސެންބަރު 2025