ބީލަން
ނަންބަރު: GS-92/IUL/2025/021
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 23:02
ސުންގަޑި:
22 ޑިސެންބަރު 2025 13:00
ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2026 ވަނަ އަހަރަށް މި ސްކޫލްގެ ސެކިއުރިޓީ ބަލެހެއްޓުމާ ގުޅޭ
އިޢުލާން
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
2026 ވަނަ އަހަރަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް، ފުރަތަމަ ފަހަރަށް ކުރެވުނު މި ސްކޫލްގެ ނަމްބަރ GS-92/IUL/2025/020 (25 ނޮވެމްބަރ 2025) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން 2026 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
މި ބީލަމަށް ހުޅުވާލެވިފައިވަނީ ޤާނޫނު ނަމްބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 ޑިސެމްބަރ 22 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.
https://forms.gle/daJ1yLVyNrjMboeQ9
- މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2025 ޑިސެމްބަރ 23 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 ޑިސެމްބަރ 24 ވާ ބުދަ ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވޭނީ، ހަމައެކަނި ރަޖިސްޓްރީ ކުރައްވާ ފަރާތްތައް ކަމުގައިވެސް ދަންނަވަމެވެ.
- ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 28 ވާއާދިއްތަ ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނައިވާދޫ ސްކޫލް / ހދ. ނައިވާދޫ
ފޯން: 6520537، އީ-މެއިލް: [email protected]
15 ޑިސެންބަރު 2025