ދިވެހިރާއްޖެ
1. ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން ސްކޫލު އެއަރކަންޑިޝަން ކުރުމަށްޓަކައި މިމަރުކަޒުގެ ކުލާސްރޫމްތަކާއި ހޯލްގެ ސީލިންގ އަދި ދޮރުތަކުގައި ކުރަންޖެހޭ މަރާމާތުތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
2. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2025 ޑިސެންބަރު 15 ން 2025 ޑިސެންބަރު 23 ވަނަ ދުވަހުގެ 12:00 ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/oBFmPwwENNVBQL3k7
4. ބީލަމާ ގުޅިގެންބާއްވާ ޕްރީބިޑް މީޓިން އޮންނާނީ 2025 ޑިސެންބަރު 23 ވަނަ ދުވަހުގެ 13:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުގައެވެ.
5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެންބަރު 24 ވަނަ ދުވަހުގެ 11:00ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
6. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
7. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ޝާރިޢުލްއަމީނު މަގު، ދިއްދޫ، ދިވެހިރާއްޖެ.
ފޯން: 6500014,
އީ-މެއިލް: [email protected],mv