ދިވެހިރާއްޖެ
|
އަންދާސީ ހިސާބު ބޭނުންވެއްޖެ
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ހިރިޔާ ސްކޫލްގެ ކްލާސްރޫމުތަކާއި ސްކޫލް ހޯލް އޭސީ ކުރުމަށް ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިމަސައްކަތް ޙަވާލު ކުރުމަށް ހަމަޖެހިފައިވަނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތަކާއެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރެއްވުމަށް، 2025 ޑިސެމްބަރ 18 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން މި އިއުލާން އާއިއެކު އެޓޭޗްކޮށްފައިވާ "ބިޑްރަޖިސްޓްރޭޝަން" ފޯމް ފުރުއްވުމަށް ފަހު ތިރީގައިވާ މެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ. 15 ޑިސެމްބަރ 2025
|