ބީލަން
ނަންބަރު: GS-128/IUL/2025/13
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 16:37
ސުންގަޑި: 17 ޑިސެންބަރު 2025 13:00
މަޑުއްވަރީ ސްކޫލް/ ރ. މަޑުއްވަރީ
ދިވެހިރާއްޖެ
"ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން ރ. މަޑުއްވަރީ ސްކޫލްގެ ކްލާސްރޫމްތަށް އޭސީކުރުމަށް ކުރަންޖެހޭ މަރާމާތްތައް

އިޢުލާން

"ކޫލް ސްކޫލް" މަޝްރޫއުގެ ދަށުން ސްކޫލުގެ ކުލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށްޓަކައި ސްކޫލުގެ ކުލާސްރޫމްތަކާއި، އަދި ދޮރާއި ދޮރުފަތްތަކުގައި ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ކުރުން

  •   "ކޫލް ސްކޫލް" މަޝްރޫއުގެ ދަށުން މިސްކޫލުގެ ކުލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށްޓަކައި، ސްކޫލުގެ ކުލާސް ރޫމްތަކާއި، ދޮރާއި ދޮރުފަތްތަކުގައި ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.  
  •  މި މަސައްކަތަށް އެދި އެސްޓިމޭޓް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު: 2014/18) ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަންބަރު:2014/19)  ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  • ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މިސްކޫލަށް ވަޑައިގެން ބިޑް ރަޖިސްޓްރީކޮށް، މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. 

ތަފްޞީލް

ތާރީޚް

ގަޑި

ތަން

ރަޖިސްޓްރީ ކުރުން

15 ޑިސެމްބަރ 2025 ން 17 ޑިސެމްބަރ 2025 ށް

08:00 -13:00

ރ.މަޑުއްވަރީ  ސްކޫލް

މަޢުލޫމާތު ސާފުކުރުން           

21 ޑިސެމްބަރ 2025

11:00

ރ.މަޑުއްވަރީ  ސްކޫލް

ބިޑު ހުށައެޅުން

23 ޑިސެމްބަރ 2025

13:30

ރ.މަޑުއްވަރީ  ސްކޫލް

  •   ބީލަމާގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށް ފައިވާ ފަރާތްތަކަށް އެކަނި ކަމުގައިދެންނެވީމެވެ.  
  • ބީލަމުގައި ނަންނޯޓް ކުރުމަށް ގުޅުއްވާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެދުނު 08:15 ން މެންދުރުފަހު 13:45 ށް  6580146 ނަންބަރަށެވެ. އީމެއިލްގެ ޒަރިއްޔާއިންވެސް ބީލަމަށް ރަޖިސްޓްރީ ކުރެއްވޭނެއެވެ. އީމެއިލް ކުރައްވާ ފަރާތްތަކުން މެއިލްކުރައްވާނީ [email protected] އަށެވެ. މެއިލްކުރައްވާއިރު ބީލަން ހުށަހަޅަން ބޭނުންވާ ފަރާތުގެ ނަމާއި އެޑްރެސް، ފޯން ނަމްބަރު، އީމެއިލް އަދި ވިޔަފާރި ރަޖިސްޓްރީ ނަމްބަރު ހިމެނުއްވުން އެދެމެވެ.  ބީލަމުގައި ނަންނޯޓު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. 
  •  މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި އަދި އަންދާސީ ހިސާބު ހުށައެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކުންވެސް ތަމްސީލް ކުރެއްވޭނީ އެއްފަރާތެވެ.
  •  ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ ހުށައަޅުއްވަން ވާނެއެވެ.
  •  އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މި ސްކޫލާއި ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
  • ނަންބަރު: 6580146
15 ޑިސެންބަރު 2025