ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން 1447 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދީނީ ކުއިޒް މުބާރާތުގެ ބައިވެރިން ހޯދުމަށް އެދި
އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އައްޑޫ ސިޓީގެ އަވަށްތަކަށް އަމާޒުކޮށްގެން 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ދީނީ ކުއިޒް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް ކުރިއަށް ދާނީ ޓީމްތަކުގެ މެދުގައި ކަމަށްވަތީ ކީ ސްޓޭޖް 3، 4، 5 އަދި 19 އަހަރުން މަތީގެ އުމުރުފުރާގެ ގޮފިން ޓީމްތައް ބައިވެރިކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ ޕްރޮގްރާމް ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ޑިސެމްބަރ 2025 ން ފެށިގެން ބަންދު ނޫން، ކޮންމެ ދުވަހަކު ހެނދުނު 9:00 ން 12:00 އާއި ދެމެދުގެ ގަޑިތަކުގައި، މިޕްރޮގްރާމްގައި ބައިވެރިވުމަށް، އެއަވަށެއްގެ އަވަށު އޮފީހާއި ގުޅައިގެން ނަން ނޯޓުކުރުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނަންބަރ 7904046 / 9668729 އަށް ގުޅުއްވުން އެދެމެވެ.
25 ޖުމާދުލްއާޚިރާ 1447
15 ޑިސެންބަރ 2025