ދިވެހިރާއްޖެ
ހއ.އުތީމް ސިއްހީ މަރުކަޒުގެ ލެބޯޓްރީ އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު: (IUL)HAAH/HAAH/2025/55 އިއުލާންއަށް އެއްވެސް ފަރާތަކުން މައުލޫމާތު ސާފްކުރުމަށް ހާޒިރުވެފައިނުވާތީވެ، އެއިއުލާން ބާތިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.
ވީމާ، އުތީމް ސިއްހީމަރުކަޒުންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުގުވެރިލައްވާ ފަރާތްތަކުން 18 ޑިސެންބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް އުތީމް ސިއްހީ މަރުކަޒުގެ އޮފީހަށް ދުރުވެ މައުލޫމާތު ސާފްކުރުމަށްފަހު 23 ޑިސެންބަރ 2025 ވާ އަންގާރަ ދުވަހުގެ 11:00 އަށް އުތީމް ސީއްހީމަރުކަޒުގެ އޮފީހަށް ދުރުވެ އަންދާސީ ހިސާބް ހުށަހެޅުވުންއެދެމެވެ.
އަދި ދަންނަވަމެވެ. މައުލޫމާތު ސާފްކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބާއި، ގަޑިޖެހިގެން ހުށައަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.