ދިވެހިރާއްޖެ
އިޢުލާން
|
ދުވާފަރުގައި ބަސް ދަތުރުގެ ޚިދުމަތް ރަސްމީކޮށް މިހާރުވަނީ ފަށާފައެވެ. މި ޚިދުމަތަކީ ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރުގެ ވަސީލަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ފެށީ މުޙިއްމު ޚިދުމަތެކެވެ. މި ޚިދުމަތް ދެމެހެއްޓެނިވި ގޮތަކަށް ފޯރުކޮށްދިނުމަށްޓަކައި، ރަށުގެ ރައްޔިތުންގެ ފަރާތުން ހާއްސަ އެއްބާރުލުމަކަށް ބޭނުންވާ ބައެއް ކަންކަން ތިރީގައި މިވަނީއެވެ.
ބަސް ދަތުރުކުރާ މަގުތަކުގައި ބައެއް ތަންތަނުން ގަސްގަހާއި ރުއްރުކުގެ ފަންތަކާއި ގޮފިތައް މަގުތަކަށް ނިކުމެފައި ހުރުމުގެ ސަބަބުން ބަސް ދަތުރުކުރުމަށް ދަތިތަކާއި ހުރަސްތައް ކުރިމަތިވެއެވެ. ބަސް ދަތުރުކުރާ މަގުތައް ސާފުކޮށް ބޭއްވުމަކީ ބަސް ދަތުރުފަތުރުގެ ޚިދުމަތް ރައްކާތެރިކަމާއެކު ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ. ގަސްގަހުގެ އަފިތަކާއި ރުކުގެ ފަންތައް މާގިނައިން މަގަށް ނިކުމެފައި ހުރުމުގެ ސަބަބުން ބަހުގެ ބޮޑު މިނާއި އުސް މިނަށް ބަލައި ބަހަށް ގެއްލުންވެ، އަދި ބަހުގައި ދަތުރުކުރާ ފަރާތްތަކަށްވެސް ނުރައްކާވުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން، އަމިއްލަ ގޯތިތެރޭގައި ހުންނަ ނުވަތަ އަމިއްލަ ބެލެނިވެރިކަމުގެ ދަށުގައި ހުންނަ ގަސްގަހުގެ ގޮފިތައް،ރުކުގެ ފަންތައް ބަސް ދަތުރުކުރާ މަގުތަކަށް ނިކުމެފައިވާނަމަ، ވީ އެންމެ އަވަހަކަށް އެތަކެތި ކަނޑައި ސާފުކުރުމަށް ހުރިހާ ރައްޔިތުންނަށް އަންގާ،އިލްތިމާސްކުރަމެވެ. 2.ބަސް ދަތުރުކުރުމަށް އުނދަގޫވާ ގޮތަށް ޕާކްކޮށްފައިވާ އުޅަނދުތައް ނެގުން: 3.ބަސް ސްޓޮޕްތަކުގައި ޕާކްނުކުރުން: މި ޚިދުމަތަކީ ރަށުގެ ހުރިހާ ރައްޔިތުންނަށް ފަސޭހަ ގޮތެއްގައި ލިބިގެންދާނެ ޚިދުމަތަކަށް ހެދުމަށްޓަކައި، ކޮންމެ ފަރުދެއްގެވެސް އެއްބާރުލުން ވަރަށް މުހިންމެވެ. މިކަންކަމަށް ސަމާލުކަންދީ، ބަސް ދަތުރުފަތުރުގެ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި، އަޅުގަނޑުމެންނަށް އެހީތެރިވެދެއްވުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރަމެވެ. |
ވީމާ ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
25 ޖުމާދަލްއާޚިރާ 1447
15 ޑިސެމްބަރ 2025