ބީލަން
ނަންބަރު: GS97/IUL/2025/031
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:44
ސުންގަޑި:
24 ޑިސެންބަރު 2025 13:00
މަކުނުދޫ ސްކޫލް، ހދ. މަކުނުދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކްލާސްރޫމުތައް އޭސީ ކުރުމަށް ކުރަން ޖެހޭ މަރާމާތު
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި ސްކޫލުގެ ކުލާސްރޫމުތައް އޭސީ ކުރުމަށް ކުރަންޖެހޭ މަރާމާތު މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާން ކޮށްފައިވާނެއެވެ. އަދި ބީލަން ޙަވާލު ކުރުމުގައި އިސްކަން ދޭނެ އުޞޫލު ބީލަން ފޮތުގައި ހިމަނާފައިވާނެއެވެ.
- މި މަސައްކަތާއި ގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ. ބީލަމާއި އެކު ހުށައަޅަން ޖެހޭ ލިޔެކިޔުމާއި ޕޮއިންޓް ލިބޭ އުޞޫލު ބީލަން ފޮތުގައި ހިމަނާފައިވާނެއެވެ.
- މި މަސައްކަތަށް ރަޖިސްޓްރީ ކުރުމަށް 2025 ޑިސެމްބަރ15 އިން 2025 ޑިސެމްބަރ 23 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/piAqtn57icHrtX3v6
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެމްބަރ 23 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 24 ވާ ބުދަ ދުވަހުގެ 13:00 ގައި މަކުނުދޫ ސްކޫލް މީޓިންގ ރޫމުގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މަކުނުދޫ ސްކޫލް، ހދ. މަކުނުދޫ، ދިވެހިރާއްޖެ، ފޯން: 6520529، އީ-މެއިލް: [email protected]
24 ޖުމާދަލްއާޚިރާ 1447
15 ޑިސެމްބަރ 2025
|
މުޙައްމަދު ލުޠުފީ |
|
ޕްރިންސިޕަލް |
15 ޑިސެންބަރު 2025