ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)249-E/249/2025/112
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:48
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ގެ ދިރާސީ އަހަރު ލިލީ ޕްރީސްކޫލްއަށް ކުދިން ވެއްދުމުގައި އުމުރުފުރާތަށް ބަލާނެގޮތް

އެޑިޔުކޭޝަން މިނިސްޓްރީއިން 2026 ވަނަ އަހަރު ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވައްދާ އުމުރުފުރާއަށް ބަދަލުގެނެސްފައި ވާތީ މިނިސްޓްރީއިން ގެނެސްފައިވާ ބަދަލާއި އެއްގޮތްވާގޮތަށް 2026 ވަނަ އަހަރު ކެލާ ލިލީ ޕްރީސްކޫލްއަށް ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާނެގޮތް އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.

ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާނެގޮތް:

ގްރޭޑް

2026 ވަނަ އަހަރު ސްކޫލަށް ކުދިން ވެއްދުމާއި ބަދަލުކުރުމުގައި އުމުރުފުރާ ބަލާނޭ ގޮތް

ބޭބީ ނާސަރީ

2025 ޑިސެންބަރު 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން

ނާސަރީ

2025 ޑިސެންބަރު 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން

 

ވީމާ، 2026 ވަނަ އަހަރު ލިލީ ޕްރީ ސްކޫލްގައި ތައުލީމް ހާސިލުކުރުމަށް ބޭނުންވާ ކުދިންގެ ފޯމް ހުށަހަޅާއިރު މި އުމުރު ފުރާތަކަށް ސަމާލުކަން ބެހެއްޓުމަށް އެދި ދަންނަވަމެވެ.

14 ޑިސެންބަރު 2025