ދިވެހިރާއްޖެ
އިޢުލާން
ތިރީގައިވާ ތަކެތި ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި
|
ނީލަން އޮންނަ ދުވަސް: |
15 ޑިސެމްބަރ 2025 |
|
ގަޑި: |
13:00 ގައި |
|
ނީލަން އޮންނަ ތަން: |
ޕެންޕުލާންޓް އިރުމަތީ މަގު |
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްޞީލް
|
ޢަދަދު |
ބާވަތް |
ނީލަން ފެށޭއަގު(ރުފިޔާއިން) |
|
03 |
ރުއް |
ރުކެއް -/10 |
|
03 |
ފުނި ފަން |
ފުންޏެއް -/5 |
|
01 |
ގަސް މިދިލި ގަހުގެ ދަރުތައް |
ދަރުތައް -/15 |
މި ނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 2025 ޑިސެމްބަރ 15 ވަނަ ދުވަހުގެ 13.30 ގެ ކުރިން މި އިދާރާގެ 7714700413001 ނަންބަރު އެކައުންޓަށް ޓްރާންސްފަރ ކުރެއްވުމަށްފަހު، ޓްރާންސްފަރ ކުރި ސްލިޕް މި އިދާރާގެ ނަންބަރު 7750013 އަށް ވައިބަރ ކުރަންވާނެއެވެ. 13.30 ގެ ކުރިން ފައިސާ ނުފޮނުވާ ފަރާތްތަކުން ނީލަމުން ނެންގެވި ތަކެތި އެހިސާބުން ކެންސަލް ކުރެވޭނެއެވެ. ނީލަމުން ތަކެތި ގެންދެވޭނީ ނީލަން ފުރިހަމަ ކުރިކަމުގެ ލިޔުން ކައުންސިލުން ދިނުމުންނެވެ.
ނީލަން ފުރިހަމަ ކުރައްވާ ފަރާތްތަކުން ނީލަމުން ނެންގެވި ތަކެތި 2025 ޑިސެމްބަރ 16 ދުވަހުގެ ހެނދުނު 12:00 ގެ ކުރިން ގެންދަވަންވާނެއެވެ. އެވަގުތުގެ ތެރޭގައި ނުގެންދަވާ ތަކެތި އެފަރާތުން ބޭނުންނެތީ ކަމުގައި ބަލައި އެތަކެތި ނައްތައިލެވޭނެއެވެ.
24 ޖުމާދަލް އާހިރާ 1447
14 ޑިސެމްބަރ 2025