ދިވެހިރާއްޖެ
ނޮޅިވަރަމް ޕްރީސްކޫލްގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުން ވެއްޖެއެވެ.
|
މަޤާމު: |
ޓީޗަރ |
||||
|
އަދަދު: |
01 |
||||
|
ގިންތި: |
ވަގުތީ (17 ޑިސެންބަރު 2026 ގެ ނިޔަލަށް، މުއްދަތު ހަވުމުން 2 އަހަރު ދުވަހަށް މުއްދަތު އިތުރު ކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ.) |
||||
|
މަޤާމް: |
ޝަރުތު |
މުސާރަ |
އެލަވަންސް |
||
|
ޓީޗަރ |
ޕްރީސުކޫލް ޓީޗިންގ ދާއިރާއިން ނުވަތަ އާރލީ ޗައިލްޑް ހުޑް ޑިވެލޮޕްމަންޓް އިން ސެޓްފިކެޓް ހާސިލްކޮށްފައިވުން ނުވަތަ ސާނަވީ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުމާއިއެކު، އެސް.އެސް.ސީ އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން ނުވަތަ މަސައްކަތާއި ގުޅޭ ދާއިރާއިން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
4465.00 |
|
||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- މި ކެޓަގަރީގެ ދަށުން ނެގޭ މުވައްޒަފުންނަކީ ކޮންޓްރެކްޓް އެމްޕްލޯއިމަންޓް އުޞޫލުގެ ދަށުން ނެގޭ މުވައްޒަފުންނެވެ. މަސައްކަތް: 2- މަންހަޖުގައި ކަނޑައެޅިފައިވާ މައިގަނޑު ޤާބިލިއްޔަތުތައް ހާސިލުވާގޮތަށް ސްކީމް އޮފް ވާރކް ތައްރާރުކުރުން. 3- ކުރިއަށް އޮންނަ ހަފުތާއަށް ލެސަން ޕްލޭން، އަދި ކިޔަވައިދިނުމަށް ބޭނުންވާ އެހީ ތައްޔާރުކުރުން (ތަފާތު ފެންވަރުގެ ކުދިންނަށް އަމާޒުކޮށް) 4- ކްލާހަކީ ކުދިންނަށް އަމިއްލައަށް އުނގެނުމަށް ފަހި މާޙައުލަކަށް ހެދުން (ތަފާތު ހުނަރު ދަސްވާގޮތަށް ކުލާހުގެ މާޙައުލު ރާވައިލުން) 5- ކޯޑިނޭޝަން ބައްދަލުވުންތަކުގައި ބައިވެރިވެ މަޝްވަރާކޮށް ޚިޔާލުތައް ހިއްސާކުރުން. 6- ކުދިންނާ ގުޅޭ އެންމެފަހުގެ މަޢުލޫމާތު މުދައްރިސަށް އެނގި، އޮޅުންފިލާފައި ހުރުން. 7- ކުދިންގެ ތަޢުލީމީ ކުރިއެރުން (ކުދިންގެ ތަޢުލީމީ، ޖިސްމާނީ ކުރިއެރުން، ކުދިންގެ ހުނަރުތައް) ޤަވާއިދުން ބަލަހައްޓައި، އެމަޢުލޫމާތުތައް ޤަވާއިދުން ބެލެނިވެރިންނަށް ފޯރުވައިދިނުން (ޕޯޓް ފޯލިއޯ، އެނެކްޑޯޓަލް ރިކޯޑްސް). 8- ސްކޫލުގައި ހިންގާ އިތުރު ޙަރަކާތްތައް ހިންގުމުގެ ޒިންމާ ނަގައިގެން ހިންގުން. 9- ކިޔަވައިދިނުމުގައި ބެލެނިވެރިންގެ އެހީތެރިކަން ހޯދުން. 10- ކުދިން ކްލާހަށް އައުމަށްފަހު ކިޔަވައި ނިމެންދެންނާއި، އަދި ކިޔަވައި ނިމުމުން، އެކުދިންގެ ބެލެނިވެރިން އެ ކުދިންނާ ހަވާލުވަންދެން އެކުދިން ބެލެހެއްޓުމުގެ ޒިންމާ ނެގުން. 11- މުދައްރިސުން އެމީހުންގެ އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން. 12- ހަމަހަމަ ގޮތެއްގައި ސްކޫލްގެ ޙަރަކާތްތަކުގައި ހުރިހާ ކުދިންނަށް ބައިވެރިވުމުގެ ފުރުޞަތުދިނުން. |
||||
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|||||
|
|||||
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60% (ފަސްދޮޅަސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ. |
|||
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ޑިސެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|||
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
|||
|
|
އިންޓަރވިއު އަދި އެސެސްމެންޓް އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމެންޓް އޮންނާނީ، 21 ޑިސެންބަރު 2025 އާއި 31 ޑިސެންބަރު 2025 އާ ދެމެދު، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ ގައެވެ. |
|||
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން: |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|||
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520043 އަށެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |
||||