ބީލަން
ނަންބަރު: (IUL)419-CAA/419/2025/123
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 21 ޑިސެންބަރު 2025 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ގޯލްޑެން ފުޓްސަލް ޗެލެންޖް 2026" ގައި ބައިވެރިވާ ގައްދޫ ރެކްރިއޭޝަން ކްލަބްގެ ކަންކަން މެނޭޖް ކޮށްދޭނެ ފަރާތެއް ހޯދުން.

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

"ގޯލްޑެން ފުޓްސަލް ޗެލެންޖް 2026" ގައި ބައިވެރިވާ ގައްދޫ ރެކްރިއޭޝަން ކްލަބްގެ ކަންކަން މެނޭޖް ކޮށްދޭނެ ފަރާތެއް ހޯދުން.

 

                  "ގޯލްޑެން ފުޓްސަލް ޗެލެންޖް 2026" ގައި ގައްދޫ ކައުންސިލްގެ ފަރާތުން ބައިވެރިކުރާ ގައްދޫ ރެކްރިއޭޝަން ކްލަބްގެ ކަންކަން މެނޭޖް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މާލޭގައި ބާއްވާ "ގޯލްޑެން ފުޓްސަލް ޗެލެންޖް 2026" ގައި ގައްދޫ ކައުންސިލްގެ ފަރާތުން ބައިވެރިކުރާ ގައްދޫ ރެކްރިއޭޝަން ކްލަބްގެ ކަންކަން މެނޭޖް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

                  އީމެއިލް ޒަރީއާއިން ހުށަހެޅޭ ޕްރޮޕޯސަލްތައްވެސް ބަލައިގަނެވޭނެއެވެ. މެއިލް ކުރައްވާނީ، [email protected] އަށެވެ. އީމެއިލްކުރާ ކަމުގައިވާނަމަ އީމެއިލް ލިބުނުކަން ކަށަވަރު ކުރަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް 9111005/7931318 އަށް ގުޅުއްވުން އެދެމެވެ.

 

1

ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 21 ޑިސެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

ޕްރޮޕޯސަލް ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ޕްރޮޕޯސަލް އަދި މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

 

މިހެންވެ އިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

       14 ޑިސެމްބަރ  2025

14 ޑިސެންބަރު 2025