ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2025/298
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:05
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބައު ތަކެތި ނީލަން ކިޔުން
މި އިދާރާގެ ނަންބަރ IUL266-A/266/2025/262 (06 ނޮވެމްބަރ 2025) އިޢުލާނާއި ގުޅިގެން ކިޔުނު ނީލަމުގައި ނުވިކުނު ތަކެތި އަލުން 23 ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހު ހެނދުނު 9:00 ގައި ސިނަމާގައި ނީލަން ކިޔުން އޮންނާނެއެވެ. މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މައުލޫމާތާއި ނީލަން ފެށޭ އަގުތަކުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މިނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ނަންގަވާތަކެތީގެ އަގު 23 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ދެއްކެވުމަށްފަހު، 18:00 ގެ ކުރިން ނީލަމުން ނެންގެވި ތަކެތި ގެންދަންވާނެއެވެ.
ވީމާ، މިނީލަމުގައި ވީހާ ގިނަ ފަރާތްތަކަކުން ބައިވެރިވެ ދެއްވުމަކީ މިއިދާރާގެ ނުހަނު ބޮޑު އެދުމަކަށްވާތީ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.
11 ޑިސެންބަރު 2025