ދިވެހިރާއްޖެ
ޕްރައިމް ފާރޓިލައިޒާރސް މޯލްޑިވްސް އާއި މިކައުންސިލް ގުޅިގެން، ގްރީންހައުސްގައި ދަނޑުވެރިކަން ކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް، މިހިނގާ ޑިސެންބަރު މަހުގެ 21 އިން 24 އަށް މިރަށުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ. 35 ދަނޑުވެރިޔަކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ މި ޕްރޮގްރާމުގައި ކިޔަވައި ދެއްވާނީ ޕްރައިމް ފާރޓިލައިޒާރސްގެ ފަންނީ ބޭފުޅުންނެވެ. މިގޮތުން ފުރުޞަތު ދެވޭނީ، ބައިވެރިވުމަށްޓަކައި ފޯމް ހުށަހަޅުއްވާ ތަރުތީބުންނެވެ.
ވީމާ، މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ދަނޑުވެރިން، ތިރީގައިވާ ގޫގުލްފޯމް ފުރިހަމަކުރެއްވުމަށްފަހު، 17 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ހުށަހެޅުއްވުން އެދެމެވެ.
ފޯމުގެ ލިންކް: https://forms.office.com/r/7Jq23h6E1E
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.