ދިވެހިރާއްޖެ
މިހިނގާ 1447 ވަނައަހަރު ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރަށުތެރެ ޒީނަތްތެރިކޮށް ސާފުކޮށް ބޭއްވުމަށް ބޭނުންވާތީ، އަމިއްލަ ފަރުދުންގެ ގޯތިތަކާއި ސަރުކާރުގެ އިދާރާތަކާއި، ކުލަބު ޖަމްއިއްޔާ ޖަމާޢަތްތައް ހިންގާ ބިންތަކުގައި ހައްދާފައިވާ ގަސްތަކުން މަގުތަކަށް ނުކުމެފައިވާ ގަސްގަހުގެ އޮފިތަކާއި ރުއްތަކުގެ ފަންތަކުގެ ތެރެއިން 15 ފޫޓަށްވުރެ ތިރިކޮށްހުރި އޮފިތަކާއި ފަންތައްކެނޑުމަށާއި، ރަށުގެ އާއްމު މަގުތަކުގައި މިކައުންސިލްގެ ހުއްދަނެތި ބަހައްޓާފައިވާ ގެދޮރު ޢިމާރާތްކުރުމަށް ބޭނުންކުރާ އެކިއެކި ސާމާނުތަކާއި އަދި އެހެނިހެން ބާވަތް ބާވަތުގެ ތަކެތި 2026 ޖަނަވަރީ 10 ވަނަ ދުވަހުގެ ހަވީރު 06:00 ގެ ކުރިން ނެގުމަށާއި ގަސްތަކުގެ އޮފިތަކާއި ރުއްތަކުގެ ފަންތައް ކެނޑުމަށް އަންގަމެވެ. އަދި މިދުވަސްވަރަކީ ރަށުގައި ގިނަ ޢަދަދަކަށް މާގަސް ހެއްދުމުގެ މަސައްކުރަމުންގެންދާ ދުވަސްވަރެއް ކަމަށްވާތީ އެފަދަ މަސައްކަތް ކުރާ ފަރާތްތަކުން ގެއާ އިންވެގެން މަގަށްވާގޮތަށް ހައްދާ ބަލަހައްޓަމުން ގެންދާ މާގަސްތަކުން މަގުތަކުގައި ހިނގާ ބިނގާވެ އުޅޭ މީހުންނާ ދުއްވާ ތަކެއްޗަށް ދަތި ނުވާނޭހެން މާގަސްތައް ކޮށުމަށް އިލްތިމާސްކުރަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
21 ޖުމާދަލްއާޚިރު 1447
11 ޑިސެންބަރު 2025