މަސައްކަތް
ނަންބަރު: (IUL)247-CA/247/2025/114
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 09:09
ސުންގަޑި: 16 ޑިސެންބަރު 2025 11:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ރަޖިސްޓްރީވުމުގެ ދަޢުވަތު

މިސްކިތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއްޖެއެވެ. މަސައްކަތްތަކުގެ ތަފްސީލް އަދި މަސައްކަތަށް ދެވޭ އެލަވަންސްގެ ތަފްސީލް މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ވާނެއެވެ. މި މަސައްކަތަށް ނެގުމަށް ކަނޑައެޅިފައިވާ ޢަދަދަކީ 3 މީހުންނެވެ. ތިން ފަރާތަށްވުރެ އިތުރަށް ރަޖިސްޓްރީވެފައިވާނަމަ، މި މަސައްކަތަށް އެންމެ ޤާބިލް ތިން ފަރާތެއް ހޮވޭނީ، ރަޖީސްޓްރީވި ފަރާތްތަކުގެ މެދުގައި ބޭއްވޭ އިންޓަރވިއުއަކުންނެވެ.

         ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުން އެދެމެވެ.

https://forms.gle/vSZCcj3Mz6MPkp2S9

   ރަޖިސްޓްރީވުމުގެ ސުންގަޑި

ތަފްޞީލް

ތާރީޚް

ދުވަސް

ސުންގަޑި

ރަޖިސްޓްރީވުމުގެ ސުންގަޑި

16 ޑިސެންބަރު 2025

އަންގާރަ

11:00

މި މަސައްކަތަށް ރަޖިސްޓްރީކުރެވޭނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ އިތުރުން ދިވެހި ޢާއްމު ފަރުދުންނަށެވެ.

1 ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކޮށްފައިވާ ކުންފުނިތައް.

.2 ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ޕާޓްނަރޝިޕްތައް.

.3 ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

.4 އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

 

 

 

20 ޖުމާދަލްއާޚިރާ 1447

 

11 ޑިސެންބަރު 2025