މަސައްކަތް
ނަންބަރު: (IUL)417-IMS/417/2025/171
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 08:23
ސުންގަޑި: 17 ޑިސެންބަރު 2025 11:30
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހުރުގެ ރަމަޟާންމަހު މަސްޖިދުލް ފުރުޤާން ގައި ތަރާވީޙް ނަމާދުކުރުމާއި ގުޅޭ؛

1447 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލް ފުރުޤާންގައި ހިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ހާފިޛަކު ގެނެސްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ހާފިޡަކު ގެނައުމުގެ އެންމެހައި ކަންކަން ކޮށްދެވޭނޭ އަގެއް 17 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 11:30 ގައި މިކައުންސިލަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އޮންލައިންކޮށް ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުން ކޯޓޭޝަން ފޮނުއްވަންވާނީ ފައިލްގައި ޕާސްވޯޑް އެއް ޖެއްސެވުމަށްފަހު https://message.gov.mv  މެދުވެރިކޮށް ވަގުތު ހަމަވުމުގެ ކުރިންނެވެ. މިގޮތަށް ފޮނުއްވާ މެސެޖްގައި ގުޅޭނޭ ފޯނު ނަންބަރު ޖައްސަވަންވާނެއެވެ. މިގޮތަށް ފޮނުއްވަން ވާނީ އަމިއްލަ ފަރުދުންގެ ވިޔަފާރި އަކުން ނަމަ މަސްޢޫލުވެރިޔާގެ އެކައުންޓް އަދި ކުންފުނި/ޕާޓްނަރޝިޕަކުން ނަމަ މެނޭޖިންގ ޑިރެކްޓަރ/މެނޭޖިންގ ޕާޓްނަރ ގެ އެކައުންޓުންނެވެ.

               ގެނެސްދިނުމަށް ހުށަހަޅާ ހާފިޡަކީ ކުރިން ރާއްޖޭގައި ހިފްޛުކޮށް ތަރާވީޙް ނަމާދުކޮށްފައިވާ އިމާމް އަކަށް ނުވަތަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ޤަބޫލުކުރާ ފެންވަރުގެ ޙާފިޡަކަށް ވާންވާނެއެވެ. ޙާފިޡްގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ޙަވާލުވާ ފަރާތުން ކޮށްދޭންވާނެއެވެ.

  • ޙާފިޡް ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަ ހޯދުން
  • ޙާފިޡް ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ ހަމަޖެއްސުން
  • ޙާފިޡް ރާއްޖެ ގެނައުމާއި ރަށާހަމައަށް ގެންގޮސްދިނުން
  • ޙާފީޡްއަށް ބޭނުންވާ ސިމް ފޯރުކޮށްދިނުން.
  • ރަމަޟާން މަސް ނިމުމުން، ޙާފިޡް އަނބުރައި މާލެ ގެނެސް އޭނާގެ ޤައުމަށް ފޮނުވާލުން
  • ޙާފިޡަށް ދޭންޖެހޭ އެލަވަންސް އެފަރާތުން ދިނުން
  • ހާފިޡުގެ އިންޝުއަރެންސް ކުރަންޖެހޭނަމަ އިންޝުއަރކުރުމާއި މެޑިކަލް ހަދައިދިނުން

                 މިހެންވެ މިކަން އާންމުކޮށް އންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ޑިސެންބަރު 2025