ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)252/252/2025/129
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:05
ސުންގަޑި: 17 ޑިސެންބަރު 2025 13:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީއަށް މީހުން ހޯދުން

ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތާއި ބެހޭ ވުޒާރާއިން ކޮންޓްރެކްޓް ފައިނޭންސް އުޞޫލުން ޢިމާރާތް ކުރަމުންދާ 55 ރަށުކައުންސިލް އިދާރާގެ މަސްރޫޢު ދަށުން މިރަށުގައި އިމާރާތްކުރާ ރަށުކައުންސިލްގެ އިދާރާގެ މަސައްކަތް ފެންވަރު މޮނިޓަރކުރުމުގެ މަގުޞަދުގައި "ރަށުޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ" އެއް މިނިސްޓްރީން ތައްޔާރު ކޮއްފައިވާ އުޞޫލާއި އެއްގޮތައް ހިންގުމަށް ޓަކައި ހިލޭ ސާބަހަށް މަސައްކަތް ކޮއްދެއްވާނެ ތިރީގައި މިދަންނަވާ ދާއިރާތަކުން 1 ބޭފުޅަކުން ބޭނުންވެއެވެ.

  1. ރަށުގެ އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރު
  2. ކްލަބު ނުވަތަ ޖަމިއްޔާތަކުން ކަނޑައަޅާ މެންބަރު
  3. އިސްރަށްވެހިންގެ ތެރެއިން ކަނޑައަޅާ މެންބަރު
  4. ޒުވާނުންގެ ތެރެއިން ކަނޑައަޅާ މެންބަރު
  5. މަސްރޫޢުގެ ފަންނީ ކަންކަމަށް ޙާއްޞަކޮށް ކަނޑައަޅާ މެންބަރު

                 ވީމާ، މިކޮމިޓީގެ މަތީގައިވާ މަޤާމްތަކުގައި ހިލޭ ސާބަހަށް މަސައްކަތް ކޮއްދެއްވާނެ ބޭނުންވާ ބޭފުޅުން، މިދަންނަވާ މަޢުލޫމާތު ތަކާއިއެކު 17 ޑިސެންބަރު 2025 ދުވަހުގެ 13:00 ކުރިން، ތިރީގައިވާ މަޢުލޫމާތާއިއެކު ސިޓީ ހުށަހެޅުއްވުން އެދެމެވެ.

  1. ހުށަހަޅާ ދާއިރާ
  2. ނަން
  3. މަޤާމް
  4. މިހާރުދިރިއުޅޭ އެޑްރެސް
  5. ގުޅޭނެ ނަންބަރު

             ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ ހިންގާ އުޞޫލު މިއިޢުލާނާއިއެކު އާންމުކުރީމެވެ.

                   20 ޖުމާދަލްއާޙިރާ 1447        

                   10 ޑިސެންބަރު 2025  

10 ޑިސެންބަރު 2025