ޢާންމު މަޢުލޫމާތު
ނަންބަރު: BAM/IUL/2025/016
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 22:05
ސުންގަޑި: 13 ޑިސެންބަރު 2025 12:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ބެޑްމިންޓަން އެސޯސިއޭޝަންގެ އެތްލީޓް މެމްބަރު ހޮވުން

މި އިޢުލާންވަނީ 09 ޑިސެންބަރު 2025 22:10 ގައި ބާތިލް ކުރެވިފައެވެ.


01 ޑިސެމްބަރ 2025 ގައި ބޭއްވުނު މިއެސޯސިއޭޝަންގެ އައު ދައުރަކަށް އިންތިޙާބު ކުރެވުނު އެގްޒެކެޓިވް ކޮމިޓީގެ 01 ވަނަ ބައްދަލުވުމުގައި މިއެސޯސިއޭޝަންގެ އެކްސްކޯ ހިންގާ ކޮމިޓީގެ އެތްލީޓް މެމްބަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު  ހުޅުވާލުމަށާއި 15 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހު އެތްލީޓް މެމްބަރުގެ މަޤާމަށް ފަރާތެއް ހޮވުމަށް އިންތިޙާބު ބޭއްވުމަށް ނިންމާފައިވާކަން އެންމެހާ މެމްބަރުންގެ ސަމާލުކަމަށްޓަކައި އާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (BAM) ގެ އެކްސްކޯ ހިންގާ ކޮމިޓީގެ އެތްލީޓް މެމްބަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއެސޯސިއޭޝަންގެ އިއުލާން ނަންބަރު BAM/IUL/2024/15  ގައިވާ ރަޖިސްޓަރީ ކުރެވިފައިވާ މެމްބަރުންގެ ތެރެއިން، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މި މަޤާމަށް ކުރިމަތިލުމަށް އެދި ލިޔުމުން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 13 ޑިސެމްބަރ 2025 ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00 އެވެ. އީމެއިލް ކުރައްވާނީ މި އެސޯސިޢޭޝަންގެ އީމެއިލް [email protected]

ޝަރުތުތައް:

  1. ގައުމީ މުބާރާތެއްގައި ބައިވެރިވެ ވާދަކޮށްފައިވާ ކުޅުންތެރިއަކު ކަމުގައި ވުން.
  2.  ނަމްބަރ BAM/IUL/2024/15 އިއުލާނުގައިވާ ލިސްޓުގެ ތެރޭގައި ހިމެނޭ މެމްބަރަކު ކަމުގައި ވުން.

އަދި ދަންނަވަމެވެ، އެތްލީޓް މެމްބަރ ހޮވުމަށް ބޭއްވޭ އިންތިޙާބުގައި ބައިވެރިވެ ވޯޓުދެވޭނީ މި އެސޯށިއޭޝަންގެ   ނަމްބަރ BAM/IUL/2024/15  އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ލިސްޓް ގައިވާ ފަރުދީ މެމްބަރުންގެ ތެރެއިން މި ޖަލްސާގައި ބައިވެރި ވުމަށް އެދި ފޯމް ހުށަހަޅާ ފަރުދީ މެމްބަރުން (އަމިއްލަ މެމްބަރުން) ނަށެވެ. ވީމާ މި ފުރުޞަތުގެ ބޭނުން ހިފައި، ޝަރުތު ހަމަވާ ފަރާތްތަކުން ކުރިމަތިލެއްވުމަށް އެދި ދަންނަވަމެވެ.

 

މިޖަލްސާގައި ބައިވެރިވެ ވޯޓްދެވޭނީ މި އެސޯސިއޭޝަންގެ ނަމްބަރ BAM/IUL/2024/15  އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ފަރުދީ މެމްބަރުންގެ ތެރެއިން މި ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ފަރުދީ މެމްބަރުން (އަމިއްލަ މެމްބަރުން) މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ފޯމް ފުރިހަމަކުރުމަށްފަހު 13 ޑިސެމްބަރ 2025 ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެސޯސިއޭޝަނަށް ހުށަހެޅުން އެދެމެވެ.

09 ޑިސެންބަރު 2025