މަސައްކަތް
ނަންބަރު: (IUL)326/PRIV/2025/50
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 15:24
ސުންގަޑި: 28 ޑިސެންބަރު 2025 11:00
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފްލޯޓިންގް ޕްލެޓްފޯމެއް ޑިޒައިންކޮށް، ޕްލެޓްފޯމް އަޅައިދީ އަދި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

 

 

އިޢުލާން

ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، ފްލޯޓިންގް ޕްލެޓްފޯމެއް ޑިޒައިންކޮށް، ޕްލެޓްފޯމް އަޅައިދީ އަދި އިންސްޓޯލްކޮށްދޭނެފަރާތެއް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

* ބިޑް ފޯމް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، ތިރީގައިވާ ގޮތުގެމަތިން ބިޑު ފޯމު ގަނެ ހުށަހެޅުއްވުން އެދެމެވެ. 

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ބިޑު ފޯމް ވިއްކުން

(ބިޑްފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ  500.00ރުފިޔާއަށް)

 16 ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހުން ފެށިގެން 22 ޑިސެމްބަރ 2025ވާ ހޯމަ ދުވަހަށް

ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ފެށިގެން 12:00އަށް

ހިންނަވަރު ކައުންސިލްގެ އިދާރާއިން

ޕްރީބިޑް މީޓިން  (ބިޑް/ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމްވާނެއެވެ.(

23 ޑިސެމްބަރ  2025,  އަންގާރަ ދުވަސް

ހެނދުނު 11:00 

ހިންނަވަރު ކައުންސިލްގެ އިދާރާ

ބިޑު ހުށަހެޅުން

( ޕްރޮޕޯސަލް ހުށަހެޅުން )

28 ޑިސެމްބަރ  2025، އާދީއްތަ ދުވަސް

ހެނދުނު 11:00

ހިންނަވަރު ކައުންސިލްގެ އިދާރާ

 

  

 

 

 

 

 

 

 

 

 

 

 މި ބިޑް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑްފޯމް ބައްލަވައިގަތުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު  ޅ. ހިންނަވަރު ކައުންސިލްގެ އިދާރާއަށެވެ. ބިޑް ގަތުމަށް އެދޭ ފޯމު ހިންނަވަރު ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. އަދި މިއިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

  މި ބިމުގައި އަމިއްލަ ޚަރަދުގައި ވިޔަފާރިކޮށް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ.

  ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/500ރ (ފަސްސަތޭކަ ރުފިޔާ)  އަށެވެ. ބިޑް ގަތުމަށް ޚަރަދުކުރާ ފައިސާއަކީ އަނބުރާދެވޭ ފައިސާއެއް ނޫނެވެ.

  ބިޑް ފޯމް ގަތުމަށް އެދޭ ފޯމާއެކުގައި އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ.

  • ބިޑް ގަތުމަށް އެދޭ ފޯމު ސޮއިކުރުމަށްފަހު ހުށަހަޅަނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްނޫން އެހެންފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ގަތުމަށާއި ބިޑް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ.
  • ބިޑް ފޯމް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
  • ބިޑް ފޯމް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާރޓްނަރޝިޕްއަކުން ކަމުގައިވާނަމަ، އެ ޕާރޓްނަރޝިޕްގެ ރެޖިސްޓްރޭޝަން ސެޓްފިކެޓް ގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

 ބިޑް ހުށަހަޅަންޖެހޭނީ،  ބިޑު ފޯމްގައިވާ ގޮތުގެމަތިން ހުރިހާ މައުލޫމާތު ތަކެއް ފުރިހަމަކޮށް  ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، 28 ޑިސެމްބަރ  2025 ވާ އާދީއްތަ ދުވަހުގެ  11:00ށްޅ. ހިންނަވަރު ކައުންސިލްގެ އިދާރާއަށެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

09 ޑިސެންބަރު 2025