ދިވެހިރާއްޖެ
މިއޮފީހުގެ ބާވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކުން
މިއޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަން ކިޔުން، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގައި 2025 ޑިސެމްބަރ 21 ވާ އާދީއްތަ ދުވަހުގެ 14:45 ގައި
އޮންނާނެއެވެ.
މިތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން 2025 ޑިސެމްބަރ 20 ވާ ހޮނިހިރު ދުވަހުގެ 11:00 ގައި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް
ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭއަގު، އަގަށް އެންމެ ކުޑަވެގެން ފަހަރަކު އިތުރުކުރެވޭ އަގު މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ ލިސްޓް ތަކުގައި ހިމެނިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތަތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑު ހިފައިގެން،2025 ޑިސެމްބަރ 21 ވާ އާދިއްތަ ދުވަހުގެ 14:30 ގައި
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާފަރާތްތަކުން، ސަރުކާރު ބަންދުނޫން 24 ގަޑި އިރު ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ބަނޑޭރި ޕޯޓަލް: https:/bandeyripay.finance.gov.mv މެދުވެރިކޮށް
ފައިސާ ދައްކަންވާނެއެވެ.
ނީލަމުން ނެގިތަކެއްޗަށް ފައިސާ ދެއްކުމަށްފަހު، ސަރުކާރު ބަންދު ނޫން 48 ގަޑި އިރުގެ ތެރޭގައި ނީލަމުން ނެގިތަކެތި ގެންދަންވާނެއެވެ. ފައިސާ ދެއްކުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންދާ
ތަކެއްޗާ މެދު މިކޯޓަށް ފެންނަ ގޮތަކަށް އަމަލުކުރެވޭނެއެވެ.