ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)316/316/2025/126
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:18
ސުންގަޑި: 22 ޑިސެންބަރު 2025 14:00
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޫލްގެ ދަށުން މިސްކިތުގައި މަސައްކަތް ކުރާނެ މުވައްޒަފުން ހޯދުމާއި ގުޅޭ

މިރަށު މަސްޖިދުލް ތަޢާވުންގެ އިމާމު އަދި މަސައްކަތު މީހުން ޗުއްޓީއާއި ސަލާމުގައި ހުންނަ ދުވަސްތަކުގައި އެމަޤާމުތަކުގައި މަސައްކަތްކުރުމަށް، 2026 ވަނަ އަހަރަށް އެކުލަވާލެވޭ ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުމާލަމެވެ.

                  ވީމާ، ވޭޖްޕޫލުގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ޑިސެމްބަރ 22 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް އެފޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އިމާމުކަމަށް އެދި ހުށަހަޅާ ފަރާތްތަކުން އައިޑީކާޑު ކޮޕީ އަދި ލިބިފައިވާ ތައުލީމީ ސެޓްފިކްޓްތަކުގެ ކޮޕީ ހުށަހަޅާންވާނެއެވެ. އަދި މަސައްކަތު މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. މި ޕޫލުގައިބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި ކިހާދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

ވޭޖު ޕޫލް މަޤާމްތަކާއި އުޖޫރަ ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް

#

މަޤާމް

ރޭންކް

މަސައްކަތްކުރާ ގަޑިއިރަކަށްވާ އުޖޫރަ

1

އިމާމް (ސަނަދު އޮތް)

GS3

61.00 ރުފިޔާ

2

އިމާމް (ސަނދު ނެތް)

GS1

53.00 ރުފިޔާ

3

މަސައްކަތު މީހުން

SS1

45.00 ރުފިޔާ

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ޑިސެންބަރު 2025