ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. ބީލަމާއި ބެހޭ މަޢުލޫމާތު:
މި ކުންފުންޏާއިއެކު ޕާރޓްނަރޝިޕްގެ ދަށުން ހދ. ހަނިމާދޫގައި ޕޯސްޓްގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާ ގުޅޭ ޓާރމްސް އޮފް ރިފަރަންސް "ޓީ.އޯ.އާރް" މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި އެވަނީއެވެ.
އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މަޢުލޫމާތު "ޓީ.އޯ.އާރް" ގައި ބަޔާންކުރެވިފައިވާނެއެވެ.
|
ބީލަމަށް ރަޖިސްޓްރީ ކުރުން: |
|
|
ތާރީޚް: |
13 ޑިސެންބަރު 2025 |
|
އީމެއިލް އެޑްރެސް |
|
|
ގަޑި: |
14:00 ގެ ކުރިން |
|
ޕްރީ-ބިޑް މީޓިންގ: |
|
|
ތާރީޚް: |
15 ޑިސެންބަރު 2025 |
|
އެޑްރެސް/ތަން: |
މިބީލަމާގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް. ނޯޓް: ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް 14 ޑިސެންބަރު 2025ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން އީމެއިލް މެދުވެރިކޮށް ޓީމްސްގެ ލިންކް ހިއްސާކުރެވޭނެއެވެ. |
|
ގަޑި: |
ހެނދުނު 11:00 |
|
ބިޑް ޕްރޮޕޯރސަލް ހުށަހެޅުން: |
|
|
ތާރީޚް: |
23 ޑިސެންބަރު 2025 ނޯޓް: ޕްރޮޕޯސަލް ހުށަހަޅަން ހަމަޖެހިފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ، ޕްރޮޕޯސަލް ހުށަހަޅާނީ ދެން އެންމެ ފުރަތަމަ ސަރުކާރު ހުޅުވޭ ރަސްމީ ދުވަހުއެވެ. |
|
އެޑްރެސް/ތަން: |
ހދ. ހަނިމާދޫ ޕޯސްޓް އޮފީސް އަދި ޕޯސްޓް ބިލްޑިންގ 8 ވަނަ ފަންގިފިލާ |
|
ގަޑި: |
ހެނދުނު 11:00 |
2- ބީލަމާއި ގުޅުންހުރި މުހިންމު ބައެއް މަޢުލޫމާތު:
- މި ބިޑަށް ޕްރޮޕޯސަލް ހުށަހެޅޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީކޮށް، ކަނޑައެޅިފައިވާ ވަގުތުގައި ޕްރީ-ބިޑް މީޓިންގ އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- މިއިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 11 ޑިސެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
- 3009292 – ޕްރޮކިއުމަންޓް ޔުނިޓް
- [email protected]