ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2025/127
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:15
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ޑިޖިޓަލް ބޯޑުގައި އިޝްތިހާރު ކުރުމަށް ހުޅުވާލުމާއި ގުޅޭ

ނ. ކެނދިކުޅުދޫ ބަނދަރުގައި ހަރުކުރެވިފައިވާ ޑިޖިޓަލް ބޯޑުގައި އިޝްތިހާރު ޖަހަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މިގޮތުން މުޖުތަމަޢުގެ ސުލޫކީ މިންގަނޑުތަކަށް ފެތޭ ފޮޓޯ އަދި ވީޑިއޯ އިޝްތިހާރުގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ. އިޝްތިހާރު ގެނެސް ދޭވޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން ފެށިގެން ރޭގަނޑު 2:00 އާއި ދެމެދުގައެވެ.

ޑިޖިޓަލް ބޯޑުގައި އިޝްތިހާރު ކޮށްދިނުމަށް ކަނޑައަޅާފައިވާ ރޭޓްތައް (އުޞޫލު ނަންބަރު: (DIR)286-CB/286/2025/13) ބާބު 7 ގެ (ހ)

  • 1 ސުކުންތުން ފެށިގެން 10 ސުކުންތާއި ހަމައަށް؛ މަހަކަށް 250ރ (ދުއިސައްތަ ފަންސާސް ރުފިޔާ)
  • 11 ސުކުންތުން ފެށިގެން 30 ސުކުންތާއި ހަމައަށް؛ މަހަކަށް 500ރ (ފަސްސަތޭކަ ރުފިޔާ)
  • 31 ސުކުންތުން ފެށިގެން 1 މިނެޓާ ހަމައަށް؛ މަހަކަށް 1000ރ (އެއްހާސް ރުފިޔާ)
  • 1 މިނެޓަށްވުރެ ދިގު 2 މިނެޓާއި ހަމައަށް؛ މަހަކަށް 1500ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ)
  • 2 މިނެޓަށްވުރެ ދިގު 3 މިނެޓާއި ހަމައަށް؛ މަހަކަށް 3000ރ (ތިންހާސް ރުފިޔާ)
  • ދިގުމިން 3 މިނެޓަށްވުރެ އިތުރުވާ ކޮންމެ މިނެޓަކަށް 1000ރ (އެއްހާސް ރުފިޔާ)

އަދި ދަންނަވަމެވެ. ފޮޓޯތަކާއި ވީޑިއޯތައް ހުންނަންވާނީ ތިރީގައިވާ ފޯމެޓާއި އެއްގޮތަށެވެ.

ފޮޓޯ:                   ވީޑިއޯ:

ފޯމެޓް: PNG / JPEG         ފޯމެޓް: MP4

ސައިޒް: (4’ X 6’ ފޫޓު ސްކްރީން، (320X440 PIXEL) އަދި ވީޑިއޯ ކޮލިޓީ 4K އާ ހަމަޔަށެވެ.

ވުމާއެކު، އިޝްތިހާރު ޖަހަން ބޭނުންވާ ފަރާތްތަކުން ޑިޖިޓަލް ބޯޑުގައި އާންމުކޮށް އިޝްތިހާރުކުރުމަށް އެދި ހުށަހަޅާ ފޯމު އަދި މަތީގައިވާ ފޯމެޓާއި އެއްގޮތަށް ފޮޓޯ ނުވަތަ ވީޑިއޯ މިކައުންސިލްގެ [email protected] އަށް މެއިލް ކުރެއްވުމުން ރަސްމީ މަސައްކަތުގެ 3 ދުވަސް ތެރޭގައި މިކައުންސިލުން އިސްތިހާރު ފާސްކުރުމަށްފަހު، ފައިސާދެއްކުމަށް އެންގޭނެއެވެ. އަދި މި ކައުންސިލްގެ ނަންބަރު: 7720700434001 (1326 REVENUE 01) އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ޓްރާންސްފަރކުރި ސްލިޕް މެއިލްކުރުމުން 1 މަސްދުވަހުގެ މުއްދަތަށް އިޝްތިހާރު ދައްކަމުން ގެންދެވޭނެއެވެ. ފައިސާ ޓްރާންސްފަރ ކުރާ ސްލިޕްގައި ތިރީގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

  • ޓްރާންސްފަރ ކުރާ ފަރާތުގެ ނަން:
  • ފޯން ނަންބަރު:
  • ބޭނުން: ފޮޓޯ/ވީޑިއޯ އިޝްތިހާރުކުރުމަށް

ޑިޖިޓަލް ބޯޑުގައި އާންމުކޮށް އިޝްތިހާރުކުރުމަށް އެދި ހުށަހަޅާ ފޯމު މި ކައުންސިލްގެ ކައުންޓަރުން އަދި ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

09 ޑިސެންބަރު 2025