ދިވެހިރާއްޖެ
މި އިޢުލާންވަނީ 09 ޑިސެންބަރު 2025 16:25 ގައި ބާތިލް ކުރެވިފައެވެ.
1447 ވަނަ އަހަރު ރަމަޟާންމަހު ބ.ކިހާދޫ މަސްޖިދުލް ތަޢާވުންގައި އިމާމުވެ ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދަން ބޭނުންވެއެވެ.
ބޭނުންވާ އަދަދު: 1
އުޖޫރަ: ތަރާވީޙް ނަމާދުކުރައްވާ ކޮންމެ ރެޔަކަށް 1000.00 (އެއްހާސް) ރުފިޔާ
އަދި އިމާމުވެ ތަރާވީޙް ނަމާދުކުރުމަށް ހޮވޭ ފަރާތުން ތަރާވީޙް ނަމާދުކުރުމަށް ކިހާދޫގައި މަޑުކުރާ މުއްދަތުގައި އެފަރާތުގެ ހުރުމާއި ކެއުން އަދި ކިހާދުއަށް އައުމާއި އެނބުރި ދިއުމުގެ ދަތުރު ހަރަދު ކައުންސިލުން ހަމަޖައްސައިދެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އިމާމުވެ ތަރާވީޙު ނަމާދުކުރުމަށް އެދޭ ފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތަކާއެކު 2025 ޑިސެމްބަރ 22 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އިމާމުވެ ތަރާވީޙް ނަމާދުކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ. އަދި ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމް ހުށައަޅަން ބޭނުންވާ ފަރާތްތަކުން ފޯމާއެކު ލިޔުންތަށް އީމެއިލް ކުރާނީ [email protected] އަށެވެ.
އެއްފަރާތަށްވުރެ އިތުރަށް މިކަމަށް އެދި ކުރިމަތިލާފައިވާނަމަ، ހޮވޭ ފަރާތެއް ކަނޑައަޅާނީ، ހާފިޡުކަމުގެ ސަނަދުގެ އިތުރުން ހުށައަޅާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ކިޔެވުމުގެ އަޑާއި ރާޤު އަދި ތަޖުރިބާއަށް ރިޢާޔަތްކޮށް ކިހާދޫ ކައުންސިލުންނެވެ.
|
އެއްފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ މާރކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް: |
||
|
ކިޔެވުމުގެ އަޑާއި ރާގަށް |
25 މާރކްސް |
މިބަޔަށް މާރކްސް ދޭނީ ކިހާދޫ ކައުންސިލުން ކަނޑައަޅާ 3 ބޭފުޅުންގެ ޕެނަލް އަކުންނެވެ. |
|
ތައުލީމީ ސެޓްފިކެޓްތަކަށް ( ދާއިރާ - ޤްރުއާނުގެ ޢިލްމް، އިސްލާމީ ފިޤްހް، އަދި އިމާމުކަން)
މިދާއިރާއިން މާރކްސް ދެވޭނީ އެޕްލިކޭޝަނާއެކު ހުށައަޅާ ލެވެލް އެންމެ މަތީ ސެޓްފިކެޓަށެވެ. |
30 މާރކްސް |
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 4 ގެ ސެޓްފިކްޓް – 5 މާރކްސް ލެވްލް 5 ގެ ސެޓްފިކެޓް – 10 މާރކްސް ލެވެލް 6 ގެ ސެޓްފިކެޓް – 15 މާރކްސް ލެވެލް 7 ގެ ސެޓްފިކެޓް – 20 މާރކްސް ލެވެލް 8 ކުން މަތީގެ ސެޓްފިކެޓް – 30 މާކްސް |
|
ތައުލީމީ ސެޓްފިކެޓްތަކަށް ( އެހެނިހެން ދާއިރާތައް)
މިދާއިރާއިން މާރކްސް ދެވޭނީ އެޕްލިކޭޝަނާއެކު ހުށައަޅާ ލެވެލް އެންމެ މަތީ ސެޓްފިކެޓަށެވެ. |
25 މާރކްސް |
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 4 ގެ ސެޓްފިކްޓް – 5 މާރކްސް ލެވްލް 5 ގެ ސެޓްފިކެޓް – 10 މާރކްސް ލެވެލް 6 ގެ ސެޓްފިކެޓް – 15 މާރކްސް ލެވެލް 7 ގެ ސެޓްފިކެޓް – 20 މާރކްސް ލެވެލް 8 ކުން މަތީގެ ސެޓްފިކެޓް – 25 މާރކްސް |
|
ތަރާވީޙް ނަމާދުކޮށްފައިވާ އަހަރުގެ މުއްދަތަށް |
20 މާރކްސް |
1 އަހަރު – 4 މާރކްސް 2 އަހަރު – 8 މާރކްސް 3 އަހަރު – 12 މާރކްސް 4 އަހަރު – 16 މާރކްސް 5 އަހަރުން މަތި – 20 މާރކްސް
|
މިކަމާގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ އީމެއިލް މެދުވެރިކޮށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ރަސްމީ ގަޑީގައި 4001060 ފޯނަށް ގުޅައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.