ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2025/331
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 11 ޑިސެންބަރު 2025 00:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ލ. ކައްދޫގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކާގުޅޭ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 ޑިސެންބަރު 09 އިން 11 އަށް، ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށް، ލ. ކައްދޫގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން އަދި ފްލޭއަރސް ދަތުރުކުރާނީ ލ. ކައްދޫ ފަޔަރިން ރޭންޖް އިން 5000 މީޓަރ ދުރުމިނަށެވެ. އަދި ވަޒަން، ފްލޭއަރސް ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

09 ޑިސެންބަރު 2025