މަސައްކަތް
ނަންބަރު: (IUL)23-AP/1/2015/326
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 17 ނޮވެންބަރު 2015 11:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ލ. ފޮނަދޫ ޞިއްޙީމަރުޒަކުގެ އެކްސްޓެންޝަން ޢިމާރާތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ލ. ފޮނަދޫ ޞިއްޙީމަރުޒަކުގެ އެކްސްޓެންޝަން ޢިމާރާތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ނޮވެންބަރު 17 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ނޮވެންބަރު 22 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

28 މުޙައްރަމް 1437

10 ނޮވެންބަރު 2015