ދިވެހިރާއްޖެ
މިޑިޕާޓްމަންޓުގެ ގްރައުންޑް ފްލޯރގައި ހުރި ޓްރައިނިންގ ރޫމް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 21 އޮކްޓޫބަރ 2025 ގައި ކުރި ނަމްބަރު: 198-F/2025/98 އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ބިޑު ހުށަހަޅާފައިނުވާތީ،އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ. މިކަމާގުޅޭ މަޢުލޫމާތު ޝީޓް މި އިއުލާނުގައި އެޓޭޗްކުރެވިފައިވާނެއެވެ.
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން 11 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 13:00 ގައި މި ޑިޕާރޓްމަންޓް ގައި އޮންނާނެއެވެ. ބިޑް ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ސެޝަން ގައި ބައިވެރިވާ ފަރާތްތަކަށެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 11:00 އަށް މި ޑިޕާރޓްމަންޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހު މިޑިޕާޓްމަންޓަށް ޙާޟިރުވެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.