މަސައްކަތް
ނަންބަރު: (IUL)370-ESMS SC/370/2025/22
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:07
ސުންގަޑި:
15 ޑިސެންބަރު 2025 13:00
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފ.ފީއަލީގައި ޤާޢިމް ކުރުމަށް ހަމަޖެހިފައިވާ ބެލެނިވެރިންގެ ހިޔާގެ މަސައްކަތަށް ބޭނުންވާ ތަކެތި ފީއަލީ ކައުންސިލްގެ އިދާރާއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން
އިޢުލާން
ފ.ފީއަލީގައި ޤާޢިމް ކުރުމަށް ހަމަޖެހިފައިވާ ބެލެނިވެރިންގެ ހިޔާގެ މަސައްކަތަށް ބޭނުންވާ ތަކެތި ފީއަލީ ކައުންސިލްގެ އިދާރާއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން
ފ.ފީއަލީ ކައުންސިލުގެ ފަރާތުން ފ.ފީއަލީގައި ޤާޢިމް ކުރުމަށް ހަމަޖެހިފައިވާ ބެލެނިވެރިންގެ ހިޔާގެ މަސައްކަތަށް ބޭނުންވާ ތަކެތި ފީއަލީ ކައުންސިލްގެ އިދާރާއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި އިޢުލާން ކުރަމެވެ. މި އިޢުލާނާއި އެކުގައި ދީފައިވާ މަޢުލޫމާތު ކަރުދާހާއާއި އަދި ކުރެހުންތަކާއި އެއްގޮތަށް މިތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވިމާ ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- 2. މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފީއަލީ ކައުންސިލް އިދާރަގައި ރަޖިސްޓްރީ ވާންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ދެވޭ އެންމެ ފަހު މުއްދަތަކީ 15 ޑިސެމްބަރު 2025 ވާ ހޯމަ ދުވަހުގެ 13:00 ނިޔަލަށެވެ. އެގޮތުން ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު، ރަޖިސްޓްރޭޝަން ފީ ދެއްކުމަށް ފަހު ސްލިޕް/ރަޝީދާއެކު މިއިދާރާގެ އީމެއިލް އެޑްރެހަށް [email protected] އަށް ފޮނުވަންވާނެއެވެ. ނުވަތަ މި އިދާރާގެ ކައުންޓަރަށް ހަވާލްކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފީ އާއި ގުޅޭ މަޢުލޫމާތު މައުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.
- މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ. އެގޮތުން މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 15 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، [email protected] އަށެވެ. އަދި ބީލަމާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ ގުޅުއްވާނީ 6740012 / 7666594 / 9992798 / 9959786 އަށެވެ.
- ބިޑް ހުޅުވުން އޮންނާނީ 24 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 11:00 ގައި މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންންތައް އަދި މި ބީލަމުގައި މިއިދާރާގައި ރަޖިސްޓްރީ ނުކޮށް ހުށަހަޅާ ބީލަންތައް ބަލައި ނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.
09 ޑިސެމްބަރު 2025
18 F 1447
ޚާދިމްކުމް
މޫސާ އަޙްމަދު
ފީއަލީ ކައުންސިލްގެ ރައީސް
09 ޑިސެންބަރު 2025