ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)319/319/2025/77
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 08:40
ސުންގަޑި: 16 ޑިސެންބަރު 2025 14:00
މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖްގެ އެމްޕްލޯއިމެންޓް ދަށުން ޕޫލަށް މީހުން ނެގުން - ކައުންސިލް އެސިސްޓެންޓް

މިއިދާރާގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކުގެ ދާއިމީ މުވައްޒަފުން ޗުއްޓީ ނެގުމުން، ސަލާމް ބުނުމުން ނުވަތަ ޢާއިލީ ޒިންމާ ޗުއްޓީ ނެގުމުން އެދުވަސްތަކުގައި ވަގުތީގޮތުން މިސްކިތުގެ މަސައްކަތް ކުރުމަށްޓަކައި ވޭޖް އެމްޕްލޯއިމެންޓް އުޞޫލުން ޕޫލަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

އިޢުލާނު

 

މަޤާމު:

ކައުންސިލް އެސިސްޓެންޓް

ބޭނުންވާ އަދަދު:

03

މަޤާމުގެ ގިންތި:

ވަގުތީ

އޮފީސް / އިދާރާ

މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަސްޖިދުއްސަލާމް، ބ.މާޅޮސް

މަޤާމުގެ މުއްދަތު/ މަސައްކަތް ކުރަންޖެހޭ ވަގުތު

01 އަހަރު (01 ޖެނުއަރީ 2026 އިން 31 ޑިސެންބަރު 2026 ގެ ނިޔަލަށް)

( ދުވާލަކު 5 ގަޑި އިރު)

މަސައްކަތުގެ އުޖޫރަ:

ކޮންމެ ނަމާދު ވަގުތަކަށް 45.00 ރުފިޔާ

ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން ޕޫލުގައި މަސައްކަތްކުރާ ފަރާތްތަކަށް ދެވޭނީ ތަފްޞީލުގައި ކަނޑައެޅިފައިވާ އުޖޫރައެވެ. އިތުރުގަޑި ނުވަތަ އެއްވެސް އެލަވަންސްއެއް ނުދެވޭނެއެވެ.

މަސައްކަތުގެ ޝަރުތު

 ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1- ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލަކާއި އެއްގޮތަށް ކައުންސިލް އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި އިމާމު / މުދިމު އަންގާ ގޮތެއްގެ މަތީން މަސައްކަތްކުރުން.

2- ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓް ކުރިން މިސްކިތަށްގޮސް މިސްކިތާއި ވަޅުދޮށް އަދި ފާހާނާއާއި އިސްކުރުބަރި ސާފުކުރުން.

3- މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގެ މިސްކިތާވީފަޅި ކުނިކެހުމާއި ވިނަނޮޅާ ސާފުކުރުން

4- ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން މިސްކިތުގެ ވަޅުދިޔަ ހިއްކައި ސާފުކުރުން.

5- އިމާމު / މުދިމު އަންގާ ގޮތެއްގެ މަތީން މިސްކިތަށްގޮސް ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ، ކަބަޑު، ދޮރުތަކާއި ދޮރުފަތްތަށް ފޮޅާ ސާފުކުރުން.  އަދި ބޮކިތަކާއި ފަންކާތައް ބޭނުންވާ ވަގުތުގައި ދިއްލާ ނިއްވުން.

6- މިސްކިތް ތަކަށް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން އިމާމު / މުދިމު ކައުންސިލްގެ އިދާރާއަށް އަންގަމުން ގެންދިއުން.

7- ކައުންސިލްގެ އިދާރާއާއި އިމާމުން / މުދިމުން އަންގާ ގޮތެއްގެ މަތިން މިސްކިތު ގޯތިތެރޭގައި ގަސްއިންދައި ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.

8- މިސްކިތާ ގުޅިގެން ކައުންސިލްގެ އިދާރާއިން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތަށް ކުރުން.

9- ކައުންސިލް އިދާރާއިން ރަށުގެ ތަރައްޤީއަށްޓަކައި ކުރާ މަސައްކަތްތަކުގައި ބައިވެރިވުން.

10- މީގެ އިތުރުންވެސް މިސްކިތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް  ( މިފޯމް މާޅޮހު ކައުންސިލްގެ އިދާރާއިންނާއި، ތިރީގައިވާ ލިންކު މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ. )
  2. https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު ހިމެނޭގޮތަށް).
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތަށް

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން.
  4. އެހެން ވަޒީފާއެއް އަދާ ކުރާ މީހަކު ކަމުގައި ނުވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 2025 ޑިސެމްބަރ 16 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މާޅޮހު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ- މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނަވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2025 ޑިސެމްބަރ 21 އާއި 22 އާދެމެދު، މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާގައެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް މީހުން ހޯދުމަށް ކުރެވޭ އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ފަހުން ހުށައަޅާ ފޯމްތަށް ބަލައެއް ނުގަނެވޭނެއެވެ.
  • މި މަޤާމަށް ބޭނުންވާ ޢަދަދަށް ވުރެ އިތުރަށް މީހުން ކުރިމަތިލާފައިވާ ނަމަ އެފަރާތްތަކުގެ މެދުގައި އިންޓަރވިޔު ކުރެވި މިޕޫލަށް ނަގާނީ ޝަރުތު ހަމަވާ ތަޢުލީމީ ފެންވަރު އެންމެ ރަނގަޅު ފަރާތްތަކެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4006020 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

08 ޑިސެންބަރު 2025