މަސައްކަތް
ނަންބަރު: (IUL)319/319/2025/80
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 18:34
ސުންގަޑި: 16 ޑިސެންބަރު 2025 10:45
މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަދިގެކުނި (ފުޑްވޭސްޓް) ރަށުން ބޭރުކޮށްދޭނެ ފަރާތެއް ހޯދުން

ބ.މާޅޮހުގައި އުފެދޭ ބަދިގެކުނި (ފުޑްވޭސްޓް) ރަށުން ބޭރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ ތިރީގައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނަންނޯޓު ކުރުން / ރަޖިސްޓްރޭޝަން

  • މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2025 ޑިސެމްބަރ 10 ވާ ބުދަދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީކުރައްވާނީ ކައުންސިލް އިދާރާއަށް ދުރުވެ، ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށް ނުވަތަ މިކައުންސިލްގެ އީމެއިލް އެޑްރެސް:

([email protected]) އަށް ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރައްވައިގެންނެވެ.

މައުލޫމާތު ދިނުން

  • މި މަސައްކަތާއި ގުޅޭގޮތުން މައުލޫމާތު ދިނުން އޮންނާނީ، 2025 ޑިސެމްބަރ 10  ވާ ބުދަދުވަހުގެ 11:00 ގައި މި ކައުންސިލް އިދާރާގައެވެ.
  • ·        މައުލޫމާތު ސާފުނުކުރުއްވާ ބޭފުޅުންގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އަގު ހުށަހެޅުން

  • އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 ޑިސެމްބަރ 16 ވާ އަންގާރަދުވަހު 10:45ގައި ބ.މާޅޮހު ކައުންސިލްގެ އިދާރާގައެވެ.
  • އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ އަގު ޝީޓު ފުރިހަމަކޮށް  ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  • އީމެއިލް ޒަރިއްޔާ އިން ހުށަހަޅާ ބީލަންތައް ހުންނަންވާނީ ޕާސްވޯޑް ޕްރޮޓެކްޓް ކުރެވިފައިއެވެ.

ސުންގަޑީގެ ކުރިން އީމެއިލް ޒަރިއްޔާއިން ބީލަމާއި އެކު ޕާސްވޯޑް މި އިދާރާގެ ޕްރޮކިއުމަންޓް މެއިލް؛ [email protected])) އަށް މެއިލް ކުރައްވަންވާނެއެވެ.

  • ·        ބީލަމުގައި  ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
  • ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތަކުން ފޮނުވިދާނެއެވެ. ނަމަވެސް ބީލަންތައް ހުޅުވޭނީ ބީލަން ކެނޑުމަށް ހުށަހަޅާފައިވާ ގަޑީގައި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި ޕަވާއޮފް އެޓަރނީ ދެވިފައިވާ ފަރާތްތަކުގެ ހާޟިރުގައި އެކަންޏެވެ.

މަސައްކަތް ހަވާލުކުރުމުގައި ޕޮއިންޓް ދޭނެ އުސޫލު

  • މަސައްކަތައް ހުށަހަޅާ އަގު: % 100

 

އިތުރު މައުލޫމާތު

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް މި އިދާރާގެ ނަންބަރު 4006020 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

07 ޑިސެންބަރު 2025