މަސައްކަތް
ނަންބަރު: (IUL)AEH/AEH/2025/94
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި: 17 ޑިސެންބަރު 2025 10:00
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އައިސޮލޭޝަން ވޯރޑަށް ދާންއޮންނަ ވޯކްވޭ މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުމަށް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އައިސޮލޭޝަން ވޯރޑަށް ދާންއޮންނަ ވޯކްވޭ މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން‏ 07‏ ޑިސެމްބަރ‏ 2025‏ ، އާދީއްތަ އިން ފެށިގެން‏ 15‏ ޑިސެމްބަރ‏ 2025‏ ، ހޯމަ ވާ ދުވަހުގެ 13:00އަށް https://forms.office.com/r/T1tDUZd6JS ، މި ލިންކު މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރެއްވުމުން މެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މި ޢިއުލާނާއި ގުޅޭ ލިޔެކިޔުންތައް  ޢިއުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން‏ 15‏ ޑިސެމްބަރ‏ 2025‏ ، ހޯމަ ވާ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

މި ބީލަމާއި ގުޅޭ އިތުރު މައުލޫމާތު ދިނުމަށް‏ 16‏ ޑިސެމްބަރ‏ 2025‏ ، އަންގާރަ ވަނަ ދުވަހުގެ  11:00 ގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކޮންފެރެންސް ހޯލްގައި މައުލޫމާތު ސެޝަނެއް ބޭއްވޭނެއެވެ. މަސައްކަތަށް ޝައުގުވެރިވެ ރަޖިސްޓްރީ ކުރައްވާ އެންމެހައި ފަރާތްތަކުން މިބައްދަލުވުމަށް ހާޒިރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު‏ 17‏ ޑިސެމްބަރ‏ 2025‏ ، ބުދަ ވަނަ ދުވަހުގެ 10:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

07 ޑިސެންބަރު 2025