ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)421/ESMSED/421/2025/60
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:50
ސުންގަޑި: 16 ޑިސެންބަރު 2025 14:00
ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ބިންތަކުގެ ގޮތުގައި ބަލަހައްޓަމުންގެންދާ ބިންތަށް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.

 

 

އިޢުލާން

ނަންބަރ:

(IUL)421/ESMSED/421/2025/60

ތާރީޚް

‏ 17 ޖުމާދިލްއާޚިރާ 1447

 07 ޑިސެމްބަރ 2025

 

އިޖުތިމާޢީ ބިންތަކުގެ ގޮތުގައި ބަލަހައްޓަމުންގެންދާ ބިންތަށް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.

 

           ރަށުގެ އިޖުތިމާޢީ ބިންތަކުގެ ގޮތުގައި މިހާރުވެސް ބަލަހައްޓަމުންގެންދާ ބިންތަކުގެ މުއްދަތު 31 ޑިސެމްބަރ 2025 ގެ ނިޔަލަށް ހަމަވާތީ އެބިންތަށް 01 އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓާދޭނެ ފަރާތްތަކެއް ބޭނުންވެއްޖެއެވެ.

            ވީމާ، މިދެންނެވި ބިންތައް ސާފުކޮށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 16 ޑިސެމްބަރ 2025  ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އައިޑީކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީއަކާއެކު މިއިދާރާއަށް ސިޓީ ފޮނުވުން އެދެމެވެ.

           މަގުތައް ސާފުކޮށް ބެލެހެއްޓުން ހަވާލުކުރުމުގައި ތިރީގައިމިދަންނަވާ ކަންކަމަށް ބެލިގެންދާނެ ކަމުގައި ދަންނަވަމެވެ.

  1. ހުސްވާ ބިން ތަކާއި އަލަށް އިތުރުކުރާ ބިންތައް ހަވާލުކުރުމުގައި އަލަށް ކުރިމަތިލާ ފަރާތްތަކަށް އިސްކަން ދިނުން.
  2. މިހާރު ބިންތައް ބަލަހައްޓާ ފަރާތެއް ކުރިމަތި ލައިފިނަމަ އެމީހާ ބަލަހައްޓަމުންގެންދާ ބިން/ބިންތައް ސާފުކޮށް ބެލެހެއްޓުމުގައި ފާއިތުވި ތަނުގައި ކަންހިގާފައިވާގޮތަށް ބެލުމަށްފަހު އެފަރާތްތަކަށް އެބިންތައް ހަވާލުކުރުން

 

           ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

                                                        ޙަސަން ޢަބްދުﷲ

                                                       ކައުންސިލްގެ ރައީސް

 

07 ޑިސެންބަރު 2025