ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94-A/94/2025/74
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 09:07
ސުންގަޑި: 17 ޑިސެންބަރު 2025 10:30
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
މި އިދާރާގަ ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުން

ނީލަން ކިއުން

 

މި މިދާރާގަ ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ހަމަޖެހިފައިވާ އުސޫލުގެ ދަށުން ނީލަން ކިޔުމަށްވަނީ ހަމަޖެހިފައެވެ.

 

ވީމާ، ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2025 ޑިސެންބަރު 17 ވާ ބުދަ ދުވަހުގެ 10:30 އޯރކިޑް ބިލްޑިންގްއައް ވަޑައިގެން ދެއްވުންއެދެމެވެ. ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ސާފު ކޮޕީއެއް އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

 

މި އިޢުލާނާއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލުމާތާއި، ނީލަން ފެށޭ އަގު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 9103009 ނަންބަރާ ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ. 

07 ޑިސެންބަރު 2025